ހއ. މުރައިދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 70 އިންސައްތަ މިހާރު ވަނީ ފުރިހަމަކުރެވިފައިކަމަށް އެމްޓީސީސީއިން ވިދާޅުވެއްޖެއެވެ.

އަދި މަސައްކަތަށް ބޭނުންވާ ބޮޑު ހިލައިގެ ފުރަތަމަ ޝިޕްމެންޓް މިހާރު ވަނީ ސައިޓަށް ގެންދިއުމުގެ އިތުރުން އައު ހާބަރ ފުންކުރުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައިކަމަށް އެ ކުންފުނިން ވިދާޅުވިއެވެ/

އެމްޓީސީސީއިން އިތުރަށް ވިދާޅުވި ގޮތުގައި މި މަޝްރޫއުގެ ދަށުން، 212 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 407 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 107 މީޓަރުގެ ސަރަޙައްދެއްގެ ބޭރުތޮށި މަރާމާތު ކުރުމާއި، 105 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުން ހިމެނެއެވެ.

މީގެ އިތުރުން، 50 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިންސް ޖެހުމާއި، ބަނދަރާއި ނެރު ފުންކުރުމާއި، ރޭމްޕެއް ހެދުމާއި، ވޯރކްވޭ ބްރިޖެއް ހެދުމާއި، ނެރުބައްތިއާއި ބަނދަރު ބައްތި ހަރުކުރުމުގެ މަަސައްކަތްވެސް ހިމެނޭކަމަށް އެފަރާތުން ވަނީ ވިދާޅުވެފައިވެއެވެ.

މި މަޝްރޫޢަކީ ސަރުކާރުން ހިންގާ 34.28 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.