ރައްޔިތުންގެ މަޖިލީހުގެ ކަންކަން މިހާރު ހިނގަމުންދާ ގޮތަށް ދޫކޮށްލައިގެން ތިބެވެންނެތް ކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް ވިދާޅުވެއްޖެއެވެ. ޝަރީފް ވިދާޅުވީ ގަވައިދުގެ ތެރެއަށް ރިޔާސަތު ވައްދާނޭ ގޮތެއް ހޯދަން ޖެހިފައިވާ ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ވެސް ގާނޫނަށްވުރެ މަތީގައި ނުހުންނެވޭނޭ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ.

"މިހާރު މަޖިލިހުގެ ކަންތައް ހިނގަމުންދާ ގޮތަށް ދޫކޮށްލައިގެން ކުޅިބަލަން ތިބެވޭކަށްނެތް. ގަވައިދުގެތެރެއަށް ރިޔާސަތު ވައްދާނޭ ގޮތެއް ހޯދަން އެބަޖެހޭ. މަޖިލީހުގެ ރައީސަކީވެސް ގާނޫނަށްވުރެ މަތީގައި ހުންނެވި ފަރާތެއް ނޫން،" ޝަރީފް ވިދާޅުވެފައިވެއެވެ.

ޝަރީފް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ބައެއް ޖަލްސާތައް ހިނގަނީ ގަވާއިދާ ޚިލާފަށް ކަމަށްބުނެ އެކަމާ ނުރުހުގެންނެވެ. އޭގެ އިތުރުން ރިޔާސަތުން ގަވާއިދާ ޚިލާފުވަމުންދާތީ އެކަމާވެސް ނުރުހިގެންނެވެ.

އިބްރާހީމް ޝަރީފަކީ އެމްޑީޕީ ދެބައިވުމުން ރައީސް އިބްރާހީމް މުހައްމަދު ސާލިހާ އެކު ހުންނެވި މެމްބަރެކެވެ. ރިޔާސީ ޕްރައިމަރީއަށްފަހު އެމްޑީޕީ ދެބައިވުމުން އެކަމުގެ އަސަރު މަޖިލިސްތެރެއިން ވެސް ދަނީ ފެންނަމުންނެވެ.