14 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކޮށްގެން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ނޯތު ޕޮލިސް ޑިވިޝަންގައި ހިމެނޭ ރަށެއްގައި 14 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް މިމަހުގެ 17 ވަނަ ދުވަހު ފުލުހުން ހުށަހެޅިފައިވާ ކަމަށެވެ.

މިމައްސަލާގައި ހައްޔަރު ކޮށްފައިވަނީ 40 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ފުލުހުންން ދަނީ މިމައްސަަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.