މޭޖަރ އަޙްމަދު ވާފިރު އަވަހާރަވުމަކީ ދިވެހި އަސްކަރިއްޔާއަށާއި ދިވެހިގައުމަށް ވެސް ލިބުނު ފުން ހިތާމައެއް ކަމަށް އެމްއާރުއެމްގެ ރައީސް ފާރިސް މައުމޫން ވިދާޅުވެއްޖެއެވެ.

މޭޖަރ އަޙްމަދު ވާފިރު އަވަހާރަވުމުން އެކަމާ ހިތާމަކުރައްވައި ފާރިސް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ މޭޖަރ އަޙްމަދު ވާފިރަކީ 3 ނޮވެމްބަރ 1988 ގެ ޢުދުވާނީ ހަމަލާގައި ދިވެހި ގައުމުގެ ދިފާޢުގައި ކެރިގެން ހަނގުރާމަ ކުރެއްވި ބަޠަލެއް ކަމަށެވެ.

ވާފިރުވަނީ 40 އަހަރަށްވުރެ ދިގު މުއްދަތަކަށް ދިވެހި އަސްކަރިއްޔާއަށް ޚިދުމަތް ކޮށްދެއްވާފައި ކަމަށްވެސް ފާރިސް ވިދާޅުވެފައިވެއެވެ. "މިހިތާމަވެރި ދަނޑިވަޅުގައި ޢާއިލާއަށް ކެތްތެރިކަން ދެއްވައި މަރްޙޫމްގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުން އެދި ދުޢާކުރަމެވެ. އާމީން" ފާރިސް ވިދާޅުވެފައިވެއެވެ.

ވާފިރު އަވަހާރަވީ އިއްޔެގެ ވަގުތެއްގައެވެ.