ޕީޕީއެމްގެ ލީޑަރ އަދި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން (ޕީޕީއެމް/ޕީއެންސީ) ގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަން ކުރުމަށް ގޮވާލައި ބާއްވަމުން ގެންދާ ސިލްސިލާ މުޒާހަރާގެ ތެރެއިން މިރޭ ވެސް މުޒާހަރާއެއް ކުރިއަށްދާނޭ ކަމަށް ޕީޕީއެމުން ބުނެފިއެވެ.

މިރޭގެ ހަކަރާކަަތް ފެށުމަށް ހަމަޖެހިފައިވަނީ 9:30 ގައި ޕީީޕީއެމް އޮފީސް ކުރިމަތީންނެވެ. މި ހަރަކާތުގައި ކޯލިޝަންގެ އިސްބޭފުޅުންގެ ތެރެއިން ބައެއް ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވާނެއެވެ. މިރޭވެސް މައިގަނޑުގޮތެއްގައި ސަރުކާރަށް ގޮވާލާނީ ރައީސް ޔާމީން ޖަަލުން މިނިވަން ކޮށްދެއްވުމަށެވެ. ނުވަތަ ގެއަށްބ ބަދަލު ކޮށްދެއްވުމަށެވެ. ޕީޕީއެމުން ބުނެފައިވަނީ ރައީސް ޔާމީން މިނިވަން ކުރަންދެން ނުވަތަ ގެއަށް ބަދަލުުކުރަން ދެން ސިލްސިލާ އިހުތިޖާޖު ކުރިއަށްގެންދާނޭ ކަމަށެވެ.

މިއަދު ހަވީރުވެސް ކޯލިޝަނުން ގެންދަނީ ސައިކަލް ބުރެއް ބާއްވަމުންނެވެ. އެ ބުރު ފަށައިފައިވަނީ މިއަދު ހަވީރު 4:30 ގައި ޕީޕީއެމް އޮފީސް ކުރިމަތީންނެވެ.