އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ ކަމުގެ މަގާމަށް އައްޔަން ކުރެއްވުމަށް ކޮށީގޭ ޢަބްދުﷲ ސައީދުގެ ނަން ޕްރައިިވެޓައިޒޭޝަން ބޯޑަށް ފޮނުވައިފި ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާންް މުހައްމަދު ވިދާޅުވެއްޖެއެވެ.

މިއުވާން ވިދާޅުވީ ސައީދުގެ ނަން އެ ބޯޑަށް ފޮނުވީ މިއަދުގެ ވަގުތެއްގައި ކަމަށެވެ. އަބްދުﷲ ސަޢީދަކީ ރައީސް ނަޝީދުގެ ވެރިކަމުގައި ކެބިނެޓް ސެކްރެޓަރީކަން ކުރައްވާފައިވާ ބޭފުކެވެ. އޭނާ މި މަގާމަށް އައްޔަން ކުރައްވަން ރައީސް އިބްރާހީމް މުހައްމަދު ސާލިހު ނިންްމެވީ ކުރިން އެމަގާމުގައި ހުންނެވި ހުސައިން އަމްރު މަގާމުން ވަކި ކުރެއްވުމަށްފަހުއެވެ.

ސައީދު އެންމެފަހުން ހުންނެވީ މޯލްޑިވްސް ސްޓޭޓު ޝިޕިން (އެމްއެސްއެސް) ގެ މެނޭޖިންޑިރެކްޓަރަކަށެވެ،