އެސްޓީއޯއިން އޯޑަރުކުރި ކާށި ޝިޕްމަންޓް ރާއްޖެ ގެނެސްފި ކަމަށް އެކުންފުނީން ބުނެފިއެވެ. އެކުންފުނީން ރާއްޖެއިން ބޭރުން ކާށި ގެންނަން ނިންމެވީ ރޯދަމަހު މާލޭގެ ބާޒާރުގައި ކާށިމަދުވެ އަގު އަތް ނުފޯރާ ފަށަށް މައްޗަށް ދިއުމުންނެވެ. އެކުންފުނީގެ ކާށި ޝިޕްމަންޓް މާލެ ގެނެސްފައިވަނީ އިއްޔެ ވަގުތެއްގައި ކަމަށް މައުލޫމާތު ލިބިފައިވެެއެވެ.
މި ޝިޕްމެންޓަށް އޯޑަރު ދެއްވިއިރު އެސްޓީއޯގެ މެނޭޖިންޑިރެކްޓަަރަކަށް ހުންނެވީ ހުސައިން އަމްރެވެ. އޭނާ އޭރު ވިދާޅުވެފައިވަނީ މި ރޯދަމަހު ތަކެތީގެ އަގު އެހެން އަހަރު ތަކެކޭވެސް އެއްފަދައިން ބޮޑު ވިޔަ ނުދިނުމަށް ކުރަންޖެހޭ ކަންކަން އެސްޓީއޯއިން ކުރައްވަމުން ގެންދަވާ ކަމަށެވެ. ބާޒާރުގައި ލުނބޯ އަގުބޮޑުވުމުން އެސްޓީއޯއިންް ވަނީ ލުނބޯ އެތެރެކޮށް ހެޔޮއަގުގައި ވިއްކަން ފަށައިފައެވެ.
ބޭރުން ގެނައި ކާށިވެސް ހެޔޮ އަގުގައި ވިއްކާނޭ ކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ. އެކުންފުންޏަކީ ކާބޯތަކެތީގެ އަގު އުފުލިގެންދާ ކޮންމެ ވަގުތެއްގައި ވެސް ރައްޔިތުންނާ އެންމެ ގާތުން މަސައްކަތް ކުރައްވާ ރައްޔިތުންގެ ކުންފުންޏެވެ.