މ. މުލި ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، އެއްގަމު ތޮށި ލުމުގެ މަސައްކަތުގެ 35 އިންސައްތަ ނިމި، ސައިޓުގައި މިހާރު ކުރިއަށްދަނީ ހާބަރ ފުންކުރުމުގެ މަސައްކަތް ކަމަށް އެމްޓީސީސީއިން ވިދާޅުވެއްޖެއެވެ.

އަދި އެކުންފުނިން ވިދާޅުވީ ކޮންކްރީޓް ގަލުގެ ތިންވަނަ ޝިޕްމެންޓްވެސް ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައިކަމަށެވެ.

މި މަޝްރޫޢުގެ ދަށުން:

  • 33،888 އަކަ މީޓަރުގެ ސަރަޙައްދެއްގައި ބަނދަރު ފުންކުރުން
  • 6،254 އަކަ މީޓަރުގެ ސަރަޙައްދެއްގައި ނެރު ފުންކުރުން
  • 465 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށިލުން
  • 89 މީޓަރު ސައަޙައްދެއްގައި ރިވެޓްމެންޓް ޖެހުން
  • 497 މީޓަރު ސަރަޙައްދެއްގައި އެއްގަމު ތޮށި ލުން
  • 3 މީޓަރު ފުޅާމިނުގެ ބްރިޖެއް އެޅުން
  • 2،730 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމެންޓް އެޅުން
  • އަދި ބަނދަރު ބައްތި އާއި ނެރު ބައްތި ހަރުކުރުމާއި، މޫރިން ބޮއެ ހަރުކުރުން ހިމެނެއެވެ.

މި މަޝްރޫޢުއަކީ ސަރުކާރުން ހިންގާ 61.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.