ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ ފޭރުމުގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާނު ކޮށްފިއެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހޯދަމުން ދަނީ އުމުރުން 21 އަހަރުގެ ގދ. މަޑަވެލި، އުދަރެސް، އަޙްމަދު އަބާން ވަޙީދު ކަމަށެވެ.

އަޙްމަދު އަބާން ވަޙީދުއާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއްވާ ނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަމްބަރު 9631696 އަށް ގުޅާ ހިއްސާކުރުވުމަށް ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ވަނީ އެދިފައެވެ.

ފަހަކަށް އައިސް ރާއްޖޭގައި ހިނގާ މިކަހަލަ ކުށްތަކުގެ ތަހުގީގަށް މީހުން ހޯދަން ފުލުހުން ދަނީ އާންމުންގެ އެހީއަށް އެދެމުންނެވެ. މި ކަމުގައި އާންމުންގެ އެއްބާރުލުން ލިބޭތީ ފުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.