ސަރުކާރު މަގުމަތިން ވައްޓާލާނޭ ކަމަށް ދޭ އިންޒާރަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ނުބައްލަވާނޭ ކަމަށް މަރަދޫ ދާއިރާގެ މަޖިލިސް މެމްބަރު އިބްރާހީމް ޝަރީފް ވިދާޅުވެއްޖެއެވެ. ޝަރީފް ވިދާޅުވީ އެފަދަ އިންޒާރުތަކަށްވުރެ ބޮޑަށް ރައީސް އިސްކަން ދެއްވާނީ ރައްޔިތުންގެ މަސްލަހަތު ރައްކާތެރި ކުރުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

"ބައެއް ފަރާތްތަކުން ބޮޑާވެގަނެ ކިބުރުވެރި ބަސްތައް ބުނަމުންދިޔައީ ރައީސްއިބްރާހީމް މުހައްމަދު ސާލިހަށް ފިޔަވަޅެއް އަޅުއްވަން ކެރިވަޑައިނުގަންނަވާނޭ ކަމަށް ގަބޫލުކުރެވިގެން. ޚާއްސަކޮށް

ފިކުރުގެ އެއްވެސް ބޭފުޅަކު ވަކިކޮށްފިއްޔާ މަގުމަތީން ސަރުކާރު ވައްޓާނޭ ކަމަށް ވިދާޅުވާ ބޭފުޅުންގެ ބަސް ގަބޫލު ކުރެވުނީ،" ޝަރީފް ވިދާޅުވެފައިވެއެވެ. އެހެންނަމަވެސް ފިޔަވަޅު އަޅަން މަޖުބޫރު ހާލަތަށް ދިޔައީމާ އަޅުއްވަންޖެހޭ ފިޔަވަޅެއް ރައީސް އިބްރާހީމް މުހައްމަދު ސާލިހު ގެންދަވަނީ އަޅުއްވަމުން ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ.

ޝަރީފް މިހެން ވިދާޅުވީ ސީދާ ކޮންކަމަކާ ގުޅިގެެން ކަމެއް އެނގިފައެއް ނުވެއެވެ. އެހެންނަމަވެސް ބެލެވޭ ގޮތުގައި ޝަރީފް އެވިދާޅުވަނީ ހީވެސް ނުކުރާ ގޮތަކަށް ރައީސް އޮފީހުގެ މިނިސްޓަރ މުހައްމަދު ޝިފާޒާއ، އެސްޓީއޯގެ އެމްޑީ އަމްރު މަގާމުން ވަކިކުރެއްވި ވާހަކައެވެ.