ބައިކޮޅަށް 7 ލަނޑު ވަތްނަަމެސް ފަރުވާލެއް ނެތް ކަމަށާއި އާޖެންޓީނާގެ ތަރި ލިއޮނަލް މެސީއާ ދެކޮޅަށް ކުޅެވުމުން އުއްމީދު ހާސިލް ވެއްޖެ ކަމަށް ކުރަކައޯގެ ކީޕަރު އިލޮއީ ރޫމް ބުނެފިއެވެ.

އާޖެންޓީނާ އަތުން 7-0 އިން ބަލިވި މެޗަށްފަހު، މެސީގެ ޖާޒީވެސް ހަވާލު ކުރީ އިލޮއީއަށެވެ. އިލޮއީ ބުނީ ކޮންމެ ކުޅުންތެރިޔަކާ ކޮންމެ ސަޕޯޓަރަކުވެސް މެސީއާއެކު ނުވަތަ މެސީއާ ދެކޮޅަށް ކުޅެން ބޭނުންވާކަމަށެވެ. "ގިނަ ލަނޑުތަކެއް އަހަރެން ބެލެހެއްޓި ގޯލަށް ވަދެއްޖެ. އެކަމަަކުވެސް މެސީއާ ދެކޮލަށް ކުޅެވުނީތީ އަހަރެން މިހުރީ ހިތްހަމަ ޖެހިގެން. މިއީ ވަރަށް ދިގު އިންތިޒާރެއްގެ ނިމުން" އެމެރިކާގެ މޭޖަރ ލީގް ސޮކައިގެ ކޮލަމްބަސް ކްރޫއަށް ކުޅެމުން އަންނަ އިލޮއީ ބުންޏެވެ.

މީގެ އިތުރުން އިލޮއީ ބުނީ ގިނަ ލަނޑުތަކެއް އޭނާ ބެލެހެއްޓި ގޯލަށް އާޖެންޓީނާއިން ޖެހިނަމަވެސް، ނުރައްކާތެރި އެތައް ހަމަލާއެއް ހުއްޓުވުނުކަމަށް ގަބޫލް ކުރާ ކަމަށެވެ. "މެސީ ފޮނުވާލި ނުރައްކާތެރި ބޯޅަތަކެއްވެސް އަހަރެން ހުއްޓުވިން. މެޗަށްފަހު މެސީވެސް އަހަރެން ކައިރީ ބުނީ ރަނގަޅު ސޭވްތަކެއް އަހަރެން ކުރިކަމަށް. އެއީ ވަރަށް ބޮޑު އުފަލެއް" އިލޮއީ ބުންޏެވެ.

ނެދަލޭންޑްސްގެ ހިމާޔަތުގައި އޮންނަ ކުރަކައޯއަށް އިލޮއީ ކުޅެން ފެށީ 2015 ވަނަ އަހަރުން ފެށިގެންނެވެ. ކުރަކައޯއަކީ ފީފާ ޔޫރޯ ކޮލިފައިންގައި ވާދަކުރަމުން އަންނަ ލަގްޒަންބާގާއި ލިކްޓިސްޓައިންއަށްވުރެ ފީފާ ރޭންކިންގައި ކުރީގައި އޮތް ގައުމެއްކަން ފާހަގަ ކޮށްލެވެއެވެ.