ހިޔާ ޤުރުއާން މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކަށް ސިނަރޖީ ކެއާ ހަމަޖެހިފައިވާ ކަމަށާއި އަދި އޮންލައިން މީޑިޔާ ޕާޓްނަރަކީ ހަލި ނޫސް ކަމުގައި އެ މުބާރާތް ހިންގާ ފަރާތްތަކުން މައުލޫމާތު ދީފިއެވެ. ސިނަރޖީކެއާ މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކަށް ވުމާއެކު، އިއްޔެއިން ފެށިގެން މުބާރާތުގެ ނަން ވަނީ "ސިނަރޖީކެއާ ހިޔާ ޤުރުއާން މުބާރާތް 1444" އަށް ބަދަލުކޮށްފައެވެ.

(01 އޭޕްރިލް 2023)މުބާރާތުގެ އަށްވަނަ ދުވަހުގެ. (މެންދުރުފަހު ދަންފަޅި)ކިޔަވާ ކުދިންގެ ލިސްޓް. ހާޒިރުވާން ޖެހޭގަޑި : 13:00 ސިނަރޖީ ކެއަރ ހިޔާ ޤުރްއާން މުބާރާތް 1444
ސިނަރޖީ ކެއަރ ހިޔާ ޤުރްއާން މުބާރާތް 1444 (01 އޭޕްރިލް 2023)މުބާރާތުގެ އަށްވަނަ ދުވަހުގެ.(މެންދުރުފަހު ދަންފަޅި)ކިޔަވާ ކުދިންގެ ލިސްޓް. ހާޒިރުވާން ޖެހޭގަޑި : 13:00

މުބާރާތުގެ މިހާ ހިސާބައް ކިޔެވުމަށް ޝެޑިއުލް ކުރެވިފައިވާ 6އަހަރުންދަށް، 11އަހަރުންދަށް، 15އަހަރުންދަށް، 19އަހަރުންދަށް އަދި 19އަހަރުންމަތީ އުމުރު ފުރާތަކުގައި ބައިވެރިވެ، ޝެޑިއުލްގައި ނަން ނެތް ބޭފުޅުން 7769999 އަށް ގުޅާލަ ދިނުމަށް މުބާރާތް ހިންގާ ފަރާތްތަކުން ވަނީ އެދިފައެވެ.

ހިޔާ ޤުރުއާން މުބާރާތަކީ ހިޔާޓަވަރ ހުޅުމާލެ ހިޔާ ޓަވަރު 4،7،8ގެ ޒުވާނުންތަކެއް އިސްނަގައިގެން، މި ރަމަޟާން މަހު ހަތަރު ކެޓެގަރީއަކަށް ބަހާލެވިގެން ކުރިއަށް ގެންދާ ޤުރުއާން މުބާރާތެކެވެ. މުބާރާތް ފެށިގެން މިހާތަނަށް އައިއިރު ގޮސްފައިވަނީ ވަރަަށް ކާމިޔާބު ކަމާއެކުގައި ކަމަށާއި މުބާރާތް ހިންގުމުގެ މަގުސަދު ވަރަށްވެސް ފުރިހަމައަށް ހާސިލުވެގެންދާ ކަމުގައި މުބާރާތް ހިންގާ ފަރާތުން ވަނީ ބުނެފައެވެ.

މުބާރާތް ހިންގާ ފަރާތްތަކުން ހާމަކޮށްފައިވާ ގޮތުގައި، މިމުބާރާތުގެ މައިގަނޑު މަގުސަދަކީ ބަރަކާތްތެރި ރަމަޟާން މަހަކީ، ކީރިތި ޤުރުއާންގެ މައްސަރު ކަމުގައި ވުމާއެކު، ހިޔާ ސަރަހައްދުގައި އުޅޭ ތުއްތު ކުދިންނާއި، ޒުވާނުންނާއި އަދި ބޮޑެތި މީހުންގެ ހިތްތަކުގައި ކީރިތި ޤުރުއާނަށް ލޯބި ޖެއްސުމާއެކު ރިވެތި އަހުލާގުގެ ރައްޔިތުންތަކެއް އުޅޭ ސަރަހައްދަކަށް ހެދުމެވެ.

މިއީ ޒުވާނުންތަކެއް އިސްނަގައިގެން ހިޔާ ފްލެޓުގައި އުޅޭ ފަރާތްތަކަށް ހުޅުވާލާފައިވާ ވަރަށްވެސް ރަނގަޅު އަދި އުފާވާފަދަ ފުރުސަތެއް ކަމަށް ހިޔާޓަވަރުތަކުގައި ދިރިއުޅޭ ފަރާތްތަކުން ވަނީ ހާމަކޮށްފައެެވެ.

"ވަރަށް އުފާވެފަ މިކަމާ ފުރަތަމަ އިއުލާން ފެނުނު ދުވަހުވެސް. ދުރަށް ނުގޮސް ކުދިން ބައިވެރި ކުރާނެ މުބާރާތެއް ލިބުނީމަ. މިއީ ވަރަށް ހެޔޮ ކަމެއް މިފަދަ ބަރަކާތްތެެރި މަހެއްގައި ކުރަން. ދަރުމައާއި ސަވާބުހުރި ކަމެއް. އަޅުގަނޑުމެން އެންމެންގެވެސް ހެޔޮ ދުއާ އެކުދިންނަށް. ވަރަށް ބޮޑަށް ޝުކުރިއްޔާ."

"ހަލި" ނޫހުން ހިޔާ ފްލެޓުގައި ދިރިއުޅޭ ބައެއް ފަރާތްތަކާ ސުވާލު ކޮށްލުމުން ދިން ޖަވާބުތަކުގެ ތެރޭގައި ހުރިހާ ފަރާތްތަކެއް ހެން ހިޔާގައި ދިރިއުޅޭ ޤުރުއާނުގެ އަހުލުވެރިންނަށް ލިބިގެން ދިޔަ މިބޮޑު ފުރުސަތު ފާހަގަކޮށް މުބާރާތް ހިންގާ ފަރާތްތަކަށް ޝުކުރު އަދާކުރިއެވެ.