ހއ. ދިއްދޫ ބަނދަރު ތަރައްޤީ ކުރުމާއި ޖެޓީ ހެދުމުގެ މަޝްރޫޢުގެ ދަށުން، މަސައްކަތުގެ 70 އިންސައްތަ ފުރިހަމަ ކުރެވިއްޖެ ކަމަށް އެމްޓީސީސީއިން ވިދާޅުވެއްޖެއެވެ.

އެކުންފުނިން ވިދާޅުވީ އެއްގަމުތޮށީގެ ވޭރިއޭޝަން މަސައްކަތް މިހާރު ވަނީ ނިމިފައި ކަމަށާއި އަދި އައު ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތް މިހާރު ވަނީ 92 އިންސައްތަ ފުރިހަމަކުރެވިފައިކަމަށެވެ.

މި މަޝްރޫޢުގެ ދަށުން:

  • 78,000 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުން
  • 58 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިންސް ޖެހުން
  • 378 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުން
  • 478 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުުން
  • 630 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުން
  • ރޭމްޕެއް ހެދުން
  • 6,858 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުން
  • އަދި ޖެޓީއެއް ހެދުމުގެ އިތުރުން، ނެރު ބައްތި އާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

މި މަޝްރޫއަކީ 70.59 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.