އެމްޑީޕީއާއެކު ކޯލިޝަން ޕާޓުނަރ ޕާޓީއެއްގެ ގޮތުގައި ހަރަކާތްތެރިވަމުންދާ އަދާލަތު ޕާޓީއަށްވާނޭ ކަމަށް އެ ޕާޓީން ރިޔާސީ ޓިކެޓް ވެސް ބޭނުންވާނޭ ކަމަށް ވައިކަރަދޫ ދާއިރާގެ މެމްބަރު ޙުސައިން ޒިޔާދު ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ އަދާލަތުން މިފަހަރު އެމްޑީޕީއާއެކު ކޯލިޝަން ހެދީ އެތައް ޝަރުތެއް ކުރުމަށްފަހު ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން ހަލިނޫހުން ސުވާލުކުރުމުންނެވެ.

އަދާލަތުގެ ޝަރުތުތަކުގެ ތެރޭގައި މަޖިލިސް އިންތިޚާބުގައި ވައިކަރަދޫ ދާއިރާ ގެ ގޮނޑި އެޕާޓީއަށް ދިނުން ހިމެނޭ ކަމަށް އެނގިފައިވެއެވެ. އެދާއިރާގެ ގޮނގީގެ އިތުރުން އެހެން ދާއިރާތަކުގެ ގޮނޑި އެޕާޓީއަށް ދިނުންވެސް ޝަރުތުކޮށްފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. "އަޅުގަނޑު މި އިނީވެސް އަދާލަތުގެ ތާއީދު އޮންނަ ދާއިރާއެއްގެ ގޮނޑީގައި. އެކަމަކު އިރާދަ ކުރެއްވިއްޔާ ދެންވެސް އަދާލަތަކަށް މިދާއިރާގެ ގޮނޑިއެއް ނުލިބޭނެ. ދެންވެސް މިދާއިރާ ނަގާނީ އެމްޑީޕީގެ ކެންޑިޑޭޓެއް. އަދާލަތު ބޭނުންވާނެ މިދާއިރާގެ އިތުރުން އެހެން ދާއިރާތައްވެސް. އޭގެ އިތުރުން ރިޔާސީ ޓިކެޓުވެސް އެމީހުން ބޭނުންވާނެ. އެހެންނަމަވެސް އެޕާޓީ އަދި އެހިސާބަށް ނުދޭ،" ޒިޔާދު ވިދާޅުވިއެވެ.