އިސްލާމީ ތާރީހުގެ ތެރެއިން ތިކުދިންނަށް ކިޔައިދޭން މި އުޅެނީ އަހަރެމެންގެ ނަބިއްޔާ މުޙައްމަދު ޞައްލﷲގެ ޞަޙާބީންގެ ތެރެއިން އަބޫބަކުރު ރަޟިޔަﷲޢަންހުގެ ވާހަކައެވެ. އަބޫބަކުރުގެފާނު އުފަންވެވަޑައިގެންނެވީ މައްކާއަށެވެ. އެކަލޭގެފާނަކީ ޤުރައިޝް ވަންހައިގެ ޤަބީލާއެއް ކަމުގައިވާ އަބޫ ތައިމް ދަރިކޮޅަށް ނިސްބަތްވާ ބޭކަލެކެވެ.

ތިކުދިންނަށް އެނގޭތަ؟ "އަބޫ ބަކުރު" މިއީ އަބޫބަކުރުގެފާނުގެ އަޞްލު ނަންފުޅެއް ނޫނެވެ. އެކަލޭގެފާނު އިސްލާމްވެވަޑައިގެންނެވުމަށް ފަހު އެކަލޭގެފާނުގެ ނަންފުޅަކީ ޢަބްދުﷲ އެވެ. އެކަލޭގެފާނުގެ ތެދުވެރިކަމުގެ ސަބަބުން ރަސޫލާ صلى الله عليه وسلم އެކަލޭގެފާނަށް “ޞިއްދީޤު” ގެ ލަޤަބުފުޅު ދެއްވިއެވެ.

އަބޫބަކުރުގެފާނަކީ އިސްލާމްދީން ޤަބޫލުކުރެއްވުމުގެ ކުރިން، މައްކާގެ މީހުންގެ އިޙްތިރާމް ލިބިވަޑައިގެންނެވި ބޭކަލެކެވެ. އަދި އެކަލޭގެފާނަކީ ތަނަވަސް ވިޔަފާރިވެރިއެއްވެސް މެއެވެ. އަބޫބަކުރުގެފާނަކީ ރަސޫލާ صلى الله عليه وسلم އަށް ވުރެ ތިން އަހަރު ހަގު ބޭކަލެކެވެ. އެހެންނަމަވެސް

ރަސޫލާ صلى އަބަދުވެސް އެދެބޭކަލުން ފެނިވަޑައިގަންނަވަނީ އެކުގައި އުޅުއްވާ ތަނެވެ. އަދި ރަސޫލާ صلى الله عليه وسلم ގެ މުޅި ޙަޔާތްޕުޅުގައިވެސް އަބޫބަކުރުގެފާނު ވެވަޑައިގެންނެވީ އެކަލޭގެފާނުގެ އެންމެ ގާތް ޞަޙާބީ ކަމުގައެވެ.الله عليه وسلم އެންމެ ފުރަތަމަ އެކަލޭގެފާނުގެ ޢާއިލާގެ މީހުންނާއި އެންމެ ގާތް އެކުވެރިންނަށް ދީނަށް ގޮވައިލެއްވިއެވެ. ބައެއްމީހުން އެކަލޭގެފާނުގެ ދަޢުވަތު ޤަބޫލުކުރެއްވިއެވެ. އަދި އެކަލޭގެފާނުގެ ދަޢުވަތު ޤަބޫލުނުކުރާ މީހުންވެސް ވިއެވެ. ފިރިހެނުންގެ ތެރެއިން އެންމެ ފުރަތަމަ އިސްލާމްދީން ޤަބޫލުކުރެއްވި އަބޫބަކުރުގެފާނެވެ.

އަބޫބަކުރުގެފާނަކީ ރަސޫލާ صلى الله عليه وسلم އަށް ވުރެ ތިން އަހަރު ހަގު ބޭކަލެކެވެ. އެހެންވިޔަސް ރަސޫލާ صلى الله عليه وسلم ގެ މުޅި ޙަޔާތްޕުޅުގައިވެސް އަބޫބަކުރުގެފާނު ވެވަޑައިގެންނެވީ އެކަލޭގެފާނުގެ އެންމެ ގާތް ޞަޙާބީ ކަމުގައެވެ.

ރަސޫލާ صلى الله عليه وسلم ގެ ރަސޫލުކަމުގެ ކުރީކޮޅުގައި އިސްލާމްދީން ޤަބޫލުކުރައްވައިގެން ތިއްބެވި މަދު މީސްކޮޅަށް އެތަކެއް އަނިޔާތަކަކާއި ކުރިމަތިލައްވަން ޖެހިވަޑައިގެންނެވިއެވެ. އަބޫބަކުރުގެފާނަށްވެސް މެއެވެ. އެންމެ ފަހުން ﷲ ތަޢާލާ ރަސޫލާ صلى الله عليه وسلم އަށް މަދީނާއަށް ހިޖުރަކުރެއްވުމަށް އެންެގެވުމުން، ރަސޫލާ صلى الله عليه وسلم ގެ އަރިހުގައި ހިޖުރަކުރެއްވުމަށް އިޚްތިޔާރުކުރެއްވި ބޭކަލަކީ އަބޫބަކުރުގެފާނެވެ.

އެއީ މައްކާގެ މުޝްރިކުން ރަސޫލާ صلى الله عليه وسلم އާއި މުސްލިމުންނާއި ދެކޮޅަށް ރާވަމުން ދިޔަ ރޭވުންތަކުގެ ސަބަބުންނެވެ. އެހެންނަމަވެސް، ރަސޫލާ صلى الله عليه وسلم ގެ އަރިހުގައި ހިޖުރަ ކުރެއްވުމުގެ ހެޔޮ ތަޢުފީޤު އެކަލޭގެފާނަށް ލިބިވަޑައިގެންނެވުމުން، އެކަލޭގެފާނު އުފާވެރިކަމުން ފުރިގެންދިޔައެވެ. އަދި އުފަލުންގޮސް އެކަލޭގެފާނުގެ ދެލޯފުޅުން ކަރުނަ ފޭބިއެވެ. މީގެ އިތުރުންވެސް ރަސޫލާ صلى الله عليه وسلم ގެ ޙަޔާތްޕުޅުގައި ކުރެއްވި އެތައް ހަނގުރާމަތަކެއްގައި އަބޫބަކުރުގެފާނު އެކަލޭގެފާނުގެ އަރިހުގައި ހުންނެވިއެވެ.

އެއް ފަހަރެއްގައި ރަސޫލާ صلى الله عليه وسلم އެންމެހާ މީސްތަކުންގެ އަތުގައިވާ އެއްޗަކުން ޞަދަޤާތްކުރެއްވުމަށް ގޮވައިލެއްވިއެވެ. މި އަޑު އައްސަވާފައި، އަބޫބަކުރުގެފާނު އެކަލޭގެފާނުގެ މިލްކިއްޔާތުގައިވާ އެއްޗެހި ޞަދަޤާތްކުރެއްވުމަށް އަވަސްވެވަޑައިގެންނެވިއެވެ. އަދި އެކަލޭގެފާނުގެ ހުރިހާ މުދަލެއް ރަސޫލާ صلى الله عليه وسلم ގެ އަރިހަށް ގެންނެވިއެވެ. އެހިނދު ރަސޫލާ صلى الله عليه وسلم އެއްސެވިއެވެ.

"އޭ އަބޫބަކުރުގެފާނެވެ. ކަލޭގެފާނުގެ ޢާއިލާއަށް ކަލޭގެފާނު ބެހެއްޓެވީ ކޮން އެއްޗެއް ހެއްޔެވެ؟" އެކަލޭގެފާނު ޖަވާބުގައި ދެންނެވިއެވެ. "ﷲއާއި އެކަލާނގެ ރަސޫލާއެވެ." މިކަމުންވެސް އަބޫބަކުރުގެފާނު އިސްލާމްދީނަށާއި ރަސޫލާ صلى الله عليه وسلم އާމެދު ބެހެއްޓެވި އަހައްމިއްޔަތުކަން އެނގިގެންދެއެވެ.

އިސްލާމްދީން ޤަބޫލުކުރެއްވުމުގެ ކުރިންވެސް އަބޫބަކުރުގެފާނު މަޝްހޫރުވެފައިވަނީ ވަރަށް ސާދާ ޝަޚްޞިއްޔަތެއްގެ ވެރި ބޭކަލެއްގެ ގޮތުގައެވެ. އެކަލޭގެފާނުގެ މުޅި ޙަޔާތްޕުޅުގައިވެސް، އެކަލޭގެފާނަކީ ފަޤީރު ނިކަމެތިންނަށް އޯގާތެރި ބޭކަލެކެވެ. އެކަލޭގެފާނަކީ ކިތަންމެ ތަނަވަސް ބޭކަލެއްކަމުގައި ވިޔަސް، އެކަލޭގެފާނު ދިރިއުޅުއްވީ ވަރަށް ސާދާ ދިރިއުޅުމެކެވެ. އެކަލޭގެފާނުގެ މުދަލުން ޞަދަޤާތްވެސް ކުރައްވައެވެ. އަދި އަޅުން މިނިވަން ކުރެއްވުމަށާއި އިސްލާމްދީނަށްޓަކައިވެސް އެކަލޭގެފާނުގެ މުދަލުން ހޭދަކުރެއްވިއެވެ.

ރަސޫލާ صلى الله عليه وسلم ގެ ސުވަރުގެ ވަޑައިގެންނެވި އިރު އަބޫބަކުރުގެފާނު އެކަލޭގެފާނުގެ އަރިހުގައެއް ނެތެވެ. ރަސޫލާ صلى الله عليه وسلم ސުވަރުގެވަޑައިގެންނެވި ޚަބަރު ލިބިވަޑައިގެންނެވުމުން އެކަލޭގެފާނުގެ އަރިހަށް ދިޔުމަށް އަބޫބަކުރުގެފާނު އަވަސްވެވަޑައިގެންނެވިއެވެ.

ރަސޫލާ صلى الله عليه وسلم ސުވަރުގެވަޑައިގެންނެވުމުން މުސްލިމުންގެ ކަންތައް ބަލަހައްޓަވާ ލީޑަރެއްގެ ބޭނުން ވަރަށް ބޮޑަށް ޖެހުނެވެ. މި މަޤާމަށް އެންމެ ޤާބިލު ބޭފުޅަކީ އަބޫބަކުރުގެފާނުކަމަށް އެންމެންވެސް އެއްބަސްވެވަޑައިގެންނެވިއެވެ. އަދި މުސްލިމުންގެ ފުރަތަމަ ޚަލީފާކަމުގައި އަބޫބަކުރުގެފާނު އައްޔަންކުރެއްވުނެވެ.

އަބޫބަކުރުގެފާނު އަވަހާރަވީ ހިޖުރައިން 13 ވަނަ އަހަރު، ޖުމާދުލް އާޚިރާ މަހުގެ 21 ވަނަ ދުވަހުގައެވެ. އޭރު އެކަލޭގެފާނުގެ ޢުމުރުފުޅަކީ 63 އަހަރެވެ. އެކަލޭގެފާނު ފަސްދާނުލެވިފައިވަނީ ރަސޫލާ صلى الله عليه وسلم ގެ އަރިހުގައެވެ.