ސިނަރޖީ ކެއަރ ހިޔާ ޤުރްއާން މުބާރާތް 1444ހ ގެ ކިޔެވުމުގެ އެންމެފަހު ދަންފަޅިއަކީ 2023 އޭޕްރީލް 1 (ހޮނިހިރު) ދުވަހުގެ ރޭގަނޑު ދަންފަޅި ކަމުގައި އެމުބާރާތް ކުރިއަށް ގެންދަވާ ފަރާތުން ހާމަކޮށްފިއެވެ.

މިއީ މުބާރާތުގައި އެކިއެކި ސަބަބުތަކާއިހުރެ ކިޔަވާފައިނުވާ ބައިވެރިންނަށް ދެވޭނެއެންމެފަހުގެ ފުރުޞަތެވެ. އިޢުލާންކޮށްފައިވާ ތާވަލްގައިވާ ގޮތުގެމަތިން ކިޔެވުމަށް ހާޟިރުވުމަކީ މުބާރާތުގެ އިންތިޒާމް ކޮމިޓީގެ ވަރަށްބޮޑު އެދުމެއް ކަމަށް ތަކުރާރުކޮށް އެފަރާތުން ބުންޏެވެ.

މިމުބާރާތުގެ ކިޔެވުން މިހާތަނަށް އައިއިރު ވަރަށް ކާމިޔާބުކަމާއެކު އެހާމެ ޖޯޝާއެކު ކުރިއަށް ގޮސްފައިވާކަންވެސް އެފަރާތުން ހާމަކުރިއެވެ. މުބާރާތް ކުރިއަށް ގެންދިއުމުގެ މަގުސަދު ނުހަނު ފުރިހަމައަށް ހާސިލުވެފައިވާކަންވެސް މުބާރާތް ރާވައި ހިންގާ ފަރާތްތަކުން ހާމަކުރިއެވެ،

މި މުބާރާތުގެ ނަތީޖާ ފާޅުކުރުން އޮންނާނެ ދުވަހެއް ފަހުގެ ތާރީހެއްގައި އިއުލާން ކުރެވޭނެކަމަށްވެސް އެފަރާތުން ބުނެފައިވެއެވެ.