ޖުމްހޫރީޕާޓީ (ޖޭޕީ) އިން އިސްތިއުފާ ދެއްވި ކަމަށް ވިދާޅުވި ބޭފުޅުން އެޕާޓީގައި މިހާތަނަށް ތިއްބެވީ ވަކިކަމަކަށް އުންމީދުކޮށްގެން ކަމަށް ޤާސިމް އިބްރާހީމްގެ ސްޕެޝަލް އެންވޯއީ އިލްހާމް އަޙުމަދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ނެރޭ އޮންލައިން ނޫހެއްގައި ލިޔެފައިވާ ލިޔުމަކަށް ޖަވާބު ދެއްވަމުން އިލްހާމް ވިދާޅުވެފައިވަނީ އިސްތިއުފާ ދެއްވި ބޭފުޅުން އެޕާޓީގައި ތިއްބެވީ ނަމެއްގައި ކަމަށެވެ. ފާއިތުރު 4 ވަރަކަށް އަހަރުތެރޭގައި އެބޭފުޅުން ޖޭޕީގެ ސިޔާސީ އެއްވެސް ޙަރަކާތެއްގައި އުޅުއްވާފައި ނުވާކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ.

"އިސްތިޢުފާ ދެއްވިކަމަށް ވިދާޅުވި ބޭފުޅުންން، ނަމުގައި ޖޭޕީގައި ކިއުއްވިޔަސް ޖޭޕީގެ ސިޔާސީ އެއްވެސް ހަރަކާތެއްގައި ވޭތުވެދިޔަ 2 އަހަރު،3، 4 އަހަރު ތެރޭގައި އުޅުއްވާފައެއް ނުވެ! އުންމީދުކޮށްގެން ތިއްބެވީ ވަކިކަމަކަށް. އެމަގަށް ގެންދެވޭތޯ ވަރަށް ޓްރައިކުރެއްވި،" އިލްހާމް ވިދާޅުވެފައިވެއެ. އެހެންނަމަވެސް އެބޭފުޅުން އުންމީދު ކޮށްގެން ތިއްބެވީ ކޮންކަމަކަށް ކަމެއްވެސް އެވިދާޅުވީ ކޮންމަގެއް ކަމެއްވެސް އޭނާ ވިދާޅުވެފައެއް ނުވެއެވެ.

ޖުމްހޫރީޕާޓީން ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަނީ އެޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމެވެ. އެއާއެކު އެމްޑަބްލިޔުއެސްސީގެ މެނޭޖިންޑިރެކްޓަރ ޙުސައިން ޝާހާއި، އެމްޓީސީސީގެ އެމްޑީ އާދަމް ޢާޒިމާއި، ވަލީދާ އީސާ ފަދަ ބޭފުޅުން ވަނީ އިސްތިއުފާ ދެއްވައިފައެވެ.