ޖުމްހޫރީޕާޓީގެ ލީޑަރ ޤާސިމުގެ ވެރިކަމެއްގައި ކަށަވަރު ކަމާއެކު ނުކުރައްވާނޭ 4 ކަމެއްގެ ވާހަކަ އެޕާޓީގެ ޑެޕިޔުޓީ ލީޑަރ އަހުމަދު ސަައުދު ވިދާޅުވެއްޖެއެވެ.

ސައުދު މިއަދު ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ އެ 4 ކަމަކީ:

1. އިސްލާމްދީން ހިމާޔަތްކުރާނެ.

2. އެއްވެސް މީހަކަށް އަނިޔާވެރިވުމެއް ނޯންނާނެ.

3. ދައުލަތުން ވައްކަމެއް ނުކުރާނެ.

4. ޤައުމުގެ އިސްތިޤްލާލު ގެއްލެން ފުރުޞަތު ނުދޭނެ.

ޤާސިމް އިިބްރާހީމަކީ މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި އެޕާޓީގެ ފަރާތުން ވާދަކުރައްވާ ރިޔާސީ ކެންޑިޑޭޓެކެވެ. ޖުމްހޫރީޕާޓީން ގެންދަނީ ރިޔާސީ އިންތިޚާބުގައި އެޕާޓީ އިސްވެއޮވެ ކޯލިޝަނެއް ހެދުމުގެ މަސައްކަތްކުރަމުންނެވެ. އެޕާޓީން އެންމެ ބޮޑަށް މަޝްްރާ ކުރަމުންގެންދަނީ އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުން" އާއެވެ.