ހަނގުރާމައަށް ތައްޔާރުވުމަށް އޯޑަރު ދިނުން:
މިއަހަރުގެ އޮގަސްޓް 28ގައި ޗައިނާގެ ސެންޓްރަލް މިލިޓަރީ ކޮމިޝަން (ސީއެމްސީ) އިން ނެރުނު އޯޑަރެއްގައި ލައިން އޮފް އެކްޗުއަލް ކޮންޓްރޯލް (އެލްއޭސ) ގެ ހުރިހައި ޔުނިޓްތަކާއި ކޮމާންޑަރުންނަށް އަންގާފައި ވަނީ އިންޑިއާއިން ކުރިމަތި ވެދާނެ ހާލަތަކަށް ހުރިހައި ޔުނިޓަކުންވެސް ތައްޔާރަށް ތިބުމަށެވެ. މި އޯޑަރުގެ ދަށުން އެއްވެސް ޔުނިޓަކަށް ނުރައްކަލެއް ދިމާވެއްޖެނަމަ ބާރުގެ ބޭނުންކުރުނަށް ހުއްދަ ދީފައި ވެއެވެ. މީގެ މާނައަކީ ސެންޓްރަލް މިލިޓަރީ ކޮމިޝަނުން ޓިބެޓްގައި ތިބޭ ހުޅަނގު ސަރަހައްދުގެ ކޮމާންޑަރުންނަށް އިންޑިއާއާ ދެކޮޅށް ބާރުގެ ބޭނުން ކުރުމަށް ހުއްދަ ދިނީ ބާވައެވެ؟
ސަރަހައްދުގެ ދެބަސްވުން އައު ހަރުފަތަކަށް
2017ގައި ޗައިނާއިން އިންޑިއާއަށް ގަނާ ކުރިއޮތު ޑޯކްލަމްގައިވެސް ހަމަލަތައް ބަދަލުކުރުމަށް ހުއްދަ ދީފައިވަނީ ސެންޓްރަލް މިލިޓަރީ ކޮމިޝަނުންނެވެ. ޗައިނާގައި ހަނގުރާމަ ވެރި ހަމަލާތައް ދިނުމަށް އޯޑަރުދޭ ފަރާތަކީ ސެންޓްރަލް ކޮމާންޑެވެ. ޗައިނާގެ ސަރަހައްދު ހުރަސްކޮށް އެއްވެސް ހަމަލައެއް ދެވޭނީ ސީއެމްސީގެ ހުއްދައާއެކުގައެވެ. މާނއަކީ، ލަދާކްގައި އިންޑިއާ ޗައިނާގެ ހަމަނުޖެހުން އައު ހަރުފަތަކަށް ގެންދަން ޗައިނާއިން ބޭނުން ވެއެވެ.
ކިޔާލަން: ގެލްވާން ވާދީއަށް ނަން ދީފައިވަނީ ކަޝްމީރުގެ ޣުލާމް ރަސޫލް ގެލްވާނުގެ ނަމުން
އޯގަސްޓް 29އާއި 30ގައި ދީފައިވާ ހަމަލާތަކުން އިންޑިއާއިން ރައްދު ދިނުމުން ޗައިނާއަށް ސިހުމެއް ލިބުނެވެ.
ލަދާކްގެ އުސްބިންތައް ކޮންޓްރޯލް ކުރުމަށް ޗައިނާއިން ކުރަމުންދާ މަސައްކަތަކީ ދެ ސަބަބަކާ ލައިގެން ކުރަމުންދާ މަސައްކަތެކެވެ.
ފުރަތަމަ ކަމަކަށް ޗައިނާއިން ބޭނުންވަނީ މިތާގެ ޖިއޮގްރަފީގެ ހާލަތުން ޗައިނާއަށް ފައިދާއެއް ލިބުމެވެ. ޗައިނާގެ އަމަލުތަކުން ދައްކަނީ 1993ން ފެށިގެން ދެގައުމުން ސޮއިކޮށްފައިވާ ހުރިހައި އެއްބަސްވުންތައް ޗައިނާއިން ބާތިލް އެއްޗަކަށް ހަދާފައިވާ ތަނެވެ.
އައު އަހަރުގެ ފުރަތަމަ އޯޑަރު:
ޝިންހުއާ ނޫހުން 3 ޖެނުއަރީ 2020ގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ރައީސް ޝީ ޖިންޕިން ވަނީ ތަމްރީނުގެ ބޭނުމަށް ސިފައިން ރުކުރުވާލުމަށް އަމުރު ބެރުއްވާފައެވެ. މިއީ 2020ގައި ސިއެމްސީން ނެރުނު އެންމެ ފުރަތަމަ އޯޑަރެވެ. މި އޯދަރުގައި ބާރުއަޅާފައިވަނީ ހަގީގީ ހަނގުރާމައިގެ ހާލަތެއް ކުރިމަތި ކުރުވައި ސިފައިންގެ ކުޅަދާނަކަން ވަރުގަދަ ކުރުމަށް މަސައްކަތް ކުރުމަށެވެ.
ޗައިނާ ސަރުކާރުގެ ނޫހެއްކަމުގައިވާ ގްލޯބަލް ޓައިމްސްއިން 6 ޖެނުއަރީގައި ރިޕޯޓް ކޮށްފައިވަނީ އިންޑިއާއާ އިންވެގެންވާ ޓިބެޓް ސަރަހައްދުގައި ޗައިނާ ސިފައިން އަސްކަރީ ތަމްރީންތައް ފަށާފައިވާ ކަމަށެވެ. އަދި މީގައި އެންމެ ފަހުގެ ހަތިޔާރު ބޭނުން ކުރާކަމަށްވެސް ރިޕޯޓް ކުރިއެވެ.
ޗައިނާ ސިފައިންގެ މި ތަމްރީންގައި އެހެން ފަހަރު ފަހަރާ ތަފާތުވާކަމަކީ، ބޯޑަރު ބަލަހައްޓާ ސިފައިންނާ ގާތުން މިމީހުންގެ ތަމްރީންތައް ބޭއްވުމެވެ.
ސިފައިން ގެލްވާން ވާދީއަށް ގެނައުމަށްފަހު، ޗައިނާ ސިފައިން ހަތަރު ދިމާއަކުން އިރުމަތީ ލަދާކަށް ވަދެގަތެވެ. މިކަން ހިނގާފައި ވަނީ 5 އަދި 8 މޭ 2020ގައެވެ.
ކިޔާލުމަށް: ގެލްވާން ކުރިމަތިލުމުގައި ފާހަގަ ކުރެވޭ ކަންކަން
އޮޅުވާލުމަށް މަޢްލޫމާތު ދިނުން:
ޗައިނާގެ މިސްމީޑިއާ ޕްލެޓްފޯމް ބައިޑޫގައި 5 މޭގެ ތާރީޚްގައި ޝާއިއުކޮށްފައިވާ ސްޓޯރީއަކަށް ބަލާލަން ޖެހެއެވެ.
މީގައި ޖަޕާނުން ރުޔޫކޫ ޖަޒީރާ ހިފައި، ޖަޕާނުގެ ބައެއްގެ ގޮތުގައި ހެދި ގޮތުގެ ވާހަކައާއި އިންޑިއާއިން ސިއްކިމް އިންޑިއާގެ ތަނެއްގެ ގޮތުގައި ހެދި ގޮތުގެ ވާހަކައަށް އިޝާރާތް ކޮށްފައި ވެއެވެ.
މި ސްޓޯރީގައި ބުނެފައިވަނީ ސިއްކިމް އަކީ ހަގީގަތުގައި ޗައިނާގެ ބައެއް ކަމަށާއި އިނގިރޭސިން މިތަން އެމީހުންގެ އިސްތިއުމާރުގެ ދަށަށް ގެނައީ ކަމަށާއި ދެވަނަ ބޮޑު ހަނގުރާމައަށްފަހި ވެސް ސިއްކިމް މިނިވަން ނުވި ކަމަށާއި އެހެން ނަމަވެސް އަލަށް މިނިވަންވި އިންޑިއާއިން ސިއްކިމް ހިފީކަމުގައެވެ.
އަލުން ސިއްކިމް ޗައިނާއަށް ލިބުމަކީ ނާދިރު ކަމެއްކަމަށްވެސް މީގައި ބުނެފައި އޮތެވެ. އަދި ސިއްކިމް ހިފި ހިފުމަށް ދެކޮޅުހެދި ހަމައެކަނި ގައުމަކީ ޗައިނާ ކަމަށާއި އިންޑިއާއިން ސިއްކިމް އެއްކޮށްލުމަށް އަދިވެސް އާނބަސް ދީފައި ނުވާކަމުގައި ބުންޏެވެ.
ބައިޑޫގައި 5 މެއި ގައި އޮތް އެހެން ސްޓޯރީއެއްގައި ބުނެފައި ވަނީ "އިންޑިއާއިން އަނެއްކާވެސް ޗައިނާއާއެކު ސަރަހައްދުމަތީ ހަމަނުޖެހުމެއް ފެށީ ބާވައެވެ؟" މިފަދައިންނެވެ.
މޭ މަހުގެ 5 އަދި 6 ގައި ޗައިނާއިން ސިއްކިމްއާ ލަދާކަށް އެއްފަހަރާ އަމާޒު ކުރީ މިސަބަބާލައިގެން ކަމަށް ބެލެވެއެވެ. ފަހުން ޗައިނާއިން ސަމާލުކަން ދިނީ ހަމައެކަނި ލަދާކަށެވެ.
ލަދާކަށް ވަދެގަތުން:
މޭ މަހުގެ ކުރީކޮޅު ޗައިނާ ސިފައިން ލަދާކަށް ދިން ހަމަލާގައި ޕާންގޮންގ ލޭކްގެ އައްސޭރިފަށް އެމީހުންގެ ކޮންޓްރޯލްގެ ދަށަށް ގެނައެވެ. އަދި ފާހަގައެއް ކަމަށް ބެލެވޭ ފިންގަރ 4 އާއި ފިންގަރ 8 އާ ދެމެދުން 8 ކިލޯމީޓަރުގެ ބިން ހިފިއެވެ.
ޗައިނާއިން ވަނީ މި ބިންތައް ދޫކޮށް ދިއުމަށް ދެކޮޅު ހަދާފައެވެ.
މި ހިސާބުގެ ޖިއޮގްރަފީގެ ފާހަގަތައް ކަމަށްވާ ފިންގަރ އިން އިޝާރާތް ކުރެވޭ ތަންތަނަކީ، ފަރުބަދައިގެ ބޭރުން ނިކުމެފައި ހުންނަ އަށް މުއްޔަކަށް ކިޔާ ނަން ތަކެވެ. މި އަށް މުއްޔަކީ، އަށް ފިންގަރ އެވެ.
އިންޑިއާ ސިފައިން މީގެ ކުރިން ދިޔައީ ފިންގަރ 8 އާ ހަމައަށް ފޯރި މަރަމުންނެވެ. މި ތަންތަނަކީ، ޕާންގޮންގ ލޭކްގެ ކައިރި ތަންތަން ކަމުން މިތަނުގެ ޖިއޮގްރަފީ ޗައިނާއަށް މުހިންމެވެ.
ތައްޔާރީ ހާލަތަށް ތިބުމަށް އެންގުން:
25 މޭ ގައި ރައީސް ޝީ އޯޑަރު ދެއްވާފައި ވަނީ ކޮރޯނާ ވައިރަސްގެ ތެރޭގައިވެސް ޗައިނާ ސިފައިން ތަމްރީންވެ، ހަނގުރާމައަށް ތައްޔާރަށް ތިބުމަށެވެ. ސަރުކާރު މީޑިއާއިން ބުނެފައިވަނީ ހަނގުރާމައިގެ ތައްޔާރީ ހާލަތުގައި ގައުމުގެ ސިޔާދަތު ދިފާއު ކުރުމަށް ޗައިނާ ސިފައިން ތިބުން މުހިންމު ކަމުގައެވެ. އަދި ޗައިނާގެ އެތެރޭގައި ކޮރޯނާ ވައިރަސްއާ ހަނގުރާމަ ކުރުމަށްފަހު، ބޭރުގައިވެސް ޗައިނާގެ ދިފާއުގައި ހަނގުރާމަ ކުރުމަށް ސިފައިން ތައްޔާރަށް ތިބުން މުހިންމު ކަމުގައި ޝީ ވިދާޅުވިއެވެ.
15 ޖޫން ގައި ޗައިނާ ސިފައިންނާއި އިންޑިއާ ސިފައިންނާ ކުރިމަތިލުން ހިނގުމުން އިންޑިއާއިން ބެލީ މިއީ އާދައިގެ ކޯޅުމެއް ނޫން ކަމުގައެވެ. މި ކުރިމަތި ލުމުގައި ޗައިނާ ސިފައިންގެ އެތައް ބްރިގޭޑަކާއި ޑިވިޜަނެއް ބައިވެރިވިއެވެ.
މިފަހަރު ޗައިނާ މީހުން ތިބީ، ކަމަރުބަނދެގެން، ބިންގަރާސް ކޮނެ ތއްޔާރަށެވެ. އަދި ބޮޑެތި ހަތިޔާރުވެސް ޖަމާކޮށްގެންނެވެ.
ކުރިން ޗައިނާ ސިފައިންނާއި އިންޑިއާ ސިފައިންގެ ކުރިމަތިލުމާ މިފަހަރުގެ ކުރިމަތިލުން ތަފާތުވެގެން ގޮސްފައިވަނީ މި ސަބަބާ ހެދިއެވެ.
އޮގަސްޓްގެ 29އާއި 30ގައި ޗައިނާ ސިފައިން މަސައްކަތް ކުރީ ފިންގަރ 4 އާ ދިމާލުން އުސްބިންތަކުން އިންޑިއާ ސިފައިން ފައްސާލައި އެތަނަށް ވެރިވެ ގަންނާށެވެ. މިއިން އިންޑިއާ ސިފައިންނަށް މި މައިދާނުގައި ރަނަގަޅު ކޮންޓްރޯލެއް އޮތްކަން އިހުސާސް ވެގެން ދިޔައެވެ.
މިހާދިސާއަށް ފަހު ޗައިނާއިން ހަތްހާހެއްހާ ސިފައިން މިތަނަށް ޖަމާކުރިއެވެ. އަދި މިތާނގެ ކަށިނަރުތައް ނައްޓަންވެސް މަސައްކަތް ކުރިއެވެ. މިއާއެކު ޗައިނާ ސިފައިން ފަހަތަށް ޖެހުމަށް އިންޑިއާއިން އިންޒާރުދީ އެމީހުން ފަހަތަށް ޖައްސާލިއެވެ.
އުސްބިންތައް ކޮންޓްރޯލް ކުރުމުގެ މުހިންމުކަން:
1990ގެ ކަރުގީލްގެ ހަނގުރާމައިން އެނގިގެން ދިޔައީ، އުސްބިންތައް ކޮންޓްރޯލް ކުރާ ބަޔަކަށް މޮޅު ލިބޭނެ ކަމެވެ.
ޗައިނާއިންވެސް ފިންގަރ 4 ކޮންޓްރޯލް ކުރަން ބޭނުންވަނީ މިސަބަބާ ހެދިއެވެ. މިއިން ކޮންމެ މުއްޔެއް ހިފަހައްޓާ ފަރާތަކަށް ޖެހިގެން އޮންނަ ހަ ކިލޯ މީޓަރާއި އަށް ކިލޯމީޓަރުގެ ބިން ކޮންޓްރޯލް ކުރެވެއެވެ.
ލަދާކްގެ ކުރިމަތިލުމުން އެނގިގެން ދިޔަ ކަމަކީ، ޗައިނާއިން ކުރިން އެއްބަސްވެފައިވާ ހުރިހައި އެއްބަސްވުންތަކާ ޚިލާފްވެފައިވާ ކަމާއި، އަދި އިންޑިއާއިން ޗައިނާގެ މައްޗަށް ޓެކްޓިކަލް ކުރިއެރުމެއް ހޯދައި އުސް ބިންތައް ކޮންޓްރޯލް ކޮށްފައިވާ ކަމެކެވެ.