ސިޔާސީ ޕާޓީއެއް އުފެއްދީ މެމްބަރޝިޕް ވިޔަފާރިކުރާން ނޫންކަމަށް ޓީމް އެމްއާރުމުން ބުނެފިއެވެ. އޭގެ ބަދަލުގައި ސިޔާސީ ޕާޓީއެއް އުފެއްދީ އިސްލާހީ މަސައްކަތް ކުރުމަށް ކަމަށް އެޓީމުން ވަނީ ބުނެފައެވެ.

ސިޔާސީ ޕާޓީއެއް އަޅުގަނޑުމެން އުފެއްދީ ސިޔާސީ އިސްލާހީ މަސައްކަތް ކުރަން! މެންބަރޝިޕް ވިޔަފާރި ކުރާކަށްނޫން،" އެ ޓީމުން ކޮށްފައިވަނީ ޓުވީޓެއްގައި ވިދާޅުވެފައިވެއެވެ.

އެ ޓުވީޓުގައި ބުނެފައިވަނީ އިސްލާހި މަސައްކަތަކީ އަބަދުވެސް ކުރަންޖެހޭ މަސައްކަތެއް ކަމަށެވެ. ރިޔާސީ އިންތިޚާބުގައި ވަކިން ވާދަކުރަން ޖެހުނަސް ފަހަތަށް ނުޖެހޭނޭ ކަމަށް ވެސް އެ ޓީމުން ބުނެފައިވެއެވެ. އެމްއާރުއެމުން ވަނީ ރިޔާސީ އިންތިޚާބާ ބެހޭ ގޮތުން ރައީސް އިބްރާހީމް މުހައްމަދު ސާލިހާއި، ޖުމްހޫރީޕާޓީއާއެކުވެސް މަޝްވަރާ ކޮށްފައެވެ. އެހެންނަމަވެސް އެޕާޓީން ނިންމައިފައިވާ ގޮތެއް އަދި ހާމައެއް ނުކުރެއެވެ.

ބެލެވޭ ގޮތުގައި އެމްއާރުމުން ރިޔާސީ ކެންޑިޑޭޓެއް ނެރޭކަމަށްވާނަމަ އެ ފުރުސަތު ލިބިވަޑައިގަންނަވާނީ ޕާޓީގެ ރައީސް ފާރިސް މައުމޫނަށެވެ. ޓީމް އެމްއާރުއެމުން ބުނެފައިވަނީ ފާރިސް ގަޓު ހުންނާނޭ ކަމަށެވެ.