ޖުމްހޫރީޕާޓީ (ޖޭޕީ) ގެ ސޮލޮޓުތަކުގައި ތިއްބެވި ބައެއް ބޭފުޅުން އެބޭފުޅުންގެ މަޤާމު ދިފާޢުކުރެއްވުގެ ނިޔަތުގައި ޕާޓީއާއި ޕާޓީގެ ލީޑަރޝިޕް ބަދުނާމް ނުކުރެއްވުމަށް ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހީމް އެދިވަޑައިގެންފިއެވެ.

އެމަނިކުފާނު ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ "ސަރުކާރުގެ މަޤާމުތަކުގައި ތިއްބެވި ޖޭޕީގެ ބައެއްބޭފުޅުން އެ ބޭފުޅުންގެ މަޤާމު ދިފާޢު ކުރެއްވުމުގެ ނިޔަތުގައި ޕާޓީއާއި ޕާޓީގެ ލީޑަރޝިޕް ބަދުނާމު ނުކުރައްވާ،"

ޙަޤީޤަތަކީ އެފަދަ ބޭފުޅުންް ޕާޓީން ވަކިވެވަޑައިގަންނަަވަނީ ވަޒީފާގެ ބޭނުމަށްޓަކައި ކަމަށް ވެސް ޤާސިމް ވަނީ ތުހުމަތު ކުރައްވައިފައެވެ. އެހެންކަމުން އެ ޙަޤީޤަތް ހާމަކުރެއްވުމާއެކު ޕާޓީން ވަކިވާކަން އިޢުލާން ކުރެއްވުމަށް ޤާސިމް ވަނީ އެދިވަޑައިގެންފައެވެ. "ކަމުގެ ހަޤީޤަތާ އެއްގޮތަށް ވަޒީފާގެ ބޭނުމަށްޓަކައި ޕާޓީން ވަކިވާކަން ޢިއްލާން ކުރެއްވުން ކީއްތޯ،؟ ޤާސިމް ވިދާޅުވެފައިވެއެވެ.

ޖޭޕީގެ ސްލޮޓުތަކުގައި ތިއްބެވި ބައެއް ބޭފުޅުން ގެންދަވަނީ ރިޔާސީ އިންތިޚާބުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ތާއީދުކުރެއްވުމަށްތަކައި ޖޭޕީއާ ވަކިވަަމުންނެވެ. އޭގެ ތެރޭގައި އެކިފެންވަރުގެ ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.