އެމްޓީސީސީން ކުރިއަށް ގެންދާ ރ. އުނގޫފާރު މަގުހެދުމުގެ މަޝްރޫޢު (ދެވަނަ ފިޔަވަހި) ގެ ދަށުން، މަގުބައްތި ހަރުކުރުމުގެ 89 އިންސައްތަ މިހާރު ނިމިފައިވާ އެ ކުންފުނިން ވިދާޅުވިއެވެ.

އެ ކުންފުނިން އިތުރަށް ވިދާޅުވީ މި މަސައްކަތުގެ 51 އިންސައްތަ މިހާރު ވަނީ ފުރިހަމަވެފައިވާ ކަމަށެވެ. އަދި، ސަބްގްރޭޑް ތައްޔާރުކުރުމުގެ މަސައްކަތުގެ 40 އިންސައްތަ މިހާރު ނިމިފައިވާ ކަމަށާއި މީގެ އިތުރުން، ސައިޓުގައި މިހާރު ކުރިއަށް ދަނީ ދުވާރު އެޅުމުގެ މަސައްކަތެއް ކަމަށްވެސް އެ ފަރާތުން ވަނީ ވިދާޅުވިއެވެ.

މި މަޝްރޫޢުގެ ދަށުން:

  • 7511.70 އަކަ މީޓަރުގެ ދުއްވާ ސަރަޙައްދެއްގައި ސަބްގްރޭޑް މަސައްކަތް ކުރުން
  • ސަބްބޭސް އަދި ތާރު އެޅުމުގެ މަސައްކަތް ކުރުން
  • 2291.75 އަކަ މީޓަރުގެ ސަރަޙައްދެއްގައި ދުވާރު ހެދުން
  • އަދި ފެންހިންދާ ނިޒާމެއް ޤާއިމުކުރުމާއި، މަގުމަތީ ނިޝާން ހަރުކުރުމާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

ސަރުކާރުން ހިންގާ މި މަޝްރޫޢަކީ 20.4 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.