ބުރުޒުމަގު އިރާއީ ބުކުޝޮޕް ހުންނަ ސަރަހައްދުން، ދާދި ދެންމެ ކަރަންޓުގެ ހިދުމަތް މެދުކެނޑިއްޖެއެވެ.
ސްޓެލްކޯއިން ދެންމެހެން ކުރި ޓްވީޓެއްގައި ވިދާޅުވީ ކަރަންޓްގެ ހިދުމަތް މެދުކެނޑުނީ އަމީނީމަގު ހެދުމުގެ މަސައްކަތުގެ ތެރެއިން ޑިސްޓްރިބިއުޝަން ކޭބަލަކަށް ގެއްލުންވެގެން ކަަމަށެވެ.
މީގެ އިތުރުން ވަގުތީ ކޭބަލެއް އަޅައި އެ ސަރަހައްދަށް އަލުން ކަރަންޓު ދިނުމަށް ދެ ގަޑި އިރު ހޭދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށްވެސް އެ ކުންފުނިން ވަނީ ވިދާޅުވެފައެވެ.
އަދި ސްޓެލްކޯއިން ވަނީ މި ކަމުގެ ސަބަބުން ދިމާވާނެ ދަތިތަކަށް މާފަށް އެދެެފައެވެ.