އެމްޓީސީސީއިން، ހދ. ކުނބުރުދޫ ގައި ޤާއިމުކުރާ ކުނި ޖަމާކުރާ ޝެޑް އަދި އެކްސަސް ރޭމްޕް ހެދުމުގެ މަޝްރޫޢުގެ މަސައްކަތަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ޝިޕްމެންޓް މިހާރު ވަނީ ސައިޓަށް ގެންދެވިފައިވާ ކަމަށް އެކުންފުނިން ވިދާޅުވެއްޖެއެވެ.

މީގެ އިތުރުން، އެމްޓީސީސީއިން ވިދާޅުވީ ކުނި ޖަމާކުރާ ޝެޑް އެޅުމުގެ މަސައްކަތް މިހާރު ވަނީ 75 އިންސައްތަ ފުރިހަމަކުރެވިފައިކަމަށެވެ.

އަދި، ސައިޓުގައި މިހާރު ކުރިއަށްދަނީ އެއްގަމު ތޮށީގެ ލައިން ފުންކުރުމުގެ މަސައްކަތްކަމަށްވެސް އެފަރާތުން ވިދާޅުވިއެވެ.

އެމްޓީސީސީއިން ވިދާޅުވިގޮތުގައި މި މަޝްރޫޢުގެ ދަށުން، ކުނި ޖަމާކުރާ ޝެޑެއް ހެދުމާއި އެކްސަސް ރޭމްޕެއް ހެދުމުގެ މަސައްކަތް ހިމެނެއެވެ.