އެމްޓީސީސީއިން، މީމު މިފްކޯ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، ޝީޓް ޕައިލް ހަރުކުރުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައި ކަމަށް އެފަރާތުން ވިދާޅުވެއްޖެއެވެ.

މީގެއިތުރުން. އެ ކުންފުނިން ވިދާޅުވީ ބިން ހިއްކުމުގެ މަސައްކަތް މިހާރު ވަނީ 18 އިންސައްތަ ފުރިހަމަކުރެވިފައި ކަމަށާއި އަދި، ބަނދަރު ފުންކުރުމުގެ މަސައްކަތް މިހާރު ވަނީ 22 އިންސައްތަ ފުރިހަމަކުރެވިފައިކަމަށެވެ.

މި މަޝްރޫޢުގެ ދަށުން:

  • 22,240 ކިއުބިކް މީޓަރުގެ ބިން ހިއްކުން
  • 8,640 ކިއުބިކް މީޓަރުގެ ބަނދަރު ފުންކުރުން
  • 160 މީޓަރުގެ ސައަރަޙައްދެއްގައި އެއްގަމު ތޮށިލުން
  • 68.90 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުން
  • އަދި 3,200 އަކަ މީޓަރުގެ ޕޭވްމެންޓް އެޅުން ހިމެނެއެވެ.

ސަރުކާރުން ހިންގާ މި މަޝްރޫޢުއަކީ 52.95 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.