އައްޑޫސިޓީއިން މިއަދު ކުޑަކުއްޖަކު ހިމަބިއްސަށް (މީސްލްސް) އަށް ޕޮޒިޓިވް ވެއްޖެއެވެ. އެކުއްޖާ ޕޮޒިޓިވްވެފައިވާކަން އެނގުނީ ހެދި ޓެސްޓްތަކުންނެވެ. އެޗުޕީއޭއިމް ބުނެފައިވަނީ މީގެ އިތުރު އެއް ކޭސް ދެނެގަނެވި ސާމްޕަލް ނަގައި ޓެސްޓް ހެދުމުގެ މަސައްކަތް ދަނީ ކުރެވެމުން ކަމަށެވެ. އެހެނަސް އިންފެކްޝަސް ޕީރިއަޑް ފަހަނަ އަޅާފައިވާތީ ދެކުދިންގެ ފަރާތުން އިތުރަށް ބަލި ފެތުރުމުގެ ފުރުސަތެއް ނެތް ކަމަށް ވެސް އެޗުޕީއޭއިން ވިދާޅުވިއެވެ.

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން ގެންދަނީ ކޮންޓެކްޓުން ދެނެގަތުމާއި، ބަލި ޖެހުނު ސަބަބު ދެނެގަތުމުގެ މަސައްކަތް ކުރަމުންނެވެ. އޭގެ އިތުރުން ވެކްސިން ދޭން ޖެހޭ ފަރާތްތަކަށް ވެކްސިންދިނުމުގެ މަސައްކަތް ވެސް ފެށިގެން ދާނެ ކަމަށް ވިދާޅުުވެފައިވެއެވެ.

ހިމަބިހީގެ މައިގަނޑު އަލާމާތްތަކަކީ:

  • ހުން އައުން
  • ހަމުގައި ރަތް ބިހިތަކެއް ނެގުން
  • ކެއްސުން
  • އަރިދަފުސް ފޭބުން
  • ލޯ ރަތްވުން

މިއިން އަލާމާތެއް ފެނިއްޖެ ނަމަ ސިއްހީ ޚިދުމަތްތެރިއެއްގެ ލަފާ ހޯދުމަށް އެޗުޕީއޭއިން ވަނީ އެދިވަޑައިގެންފައެވެ.