ތ. ގާދިއްފުށި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 75 އިންސައްތަ މިހާރު ވަނީ ފުރިހަމަކުރެވިފައިވައި ކަމަށް އެމްޓީސީސީއިން ވިދާޅުވެއްޖެއެވެ.

މީގެއިތުރުން، ގްރޮއިން ޖެހުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައި ކަމަށާއި އަދި، ގޮނޑުދޮށައް ވެލި އެޅުމުގެ މަސައްކަތްވެސް މިހާރު ވަނީ 65 އިންސައްތަ ފުރިހަމަކުރެވިފައި ކަމަށް އެކުންފުނިން ވިދާޅުވެފައެވެ.

މި މަޝްރޫޢުގެ ދަށުން، 15 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމާއި 500 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި އަދި 18,894 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމުގެ މަސައްކަތް ހިމެނެއެވެ.

މި މަޝްރޫޢު އަކީ 19.1 މިލިއަން ރުފިޔާގެ މަޝްރޫޢުއެކެވެ.