އެސްޓީއޯގެ ޗީފް އެގްޒެކްޓިވް އަދި މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމަށް މިއަދު ބޭފުޅަކު އައްޔަން ކުރައްވައިފިއެވެ. އެމަގާމަށް ޕްރަވެޓައިޒޭޝަން ބޯޑުން އައްޔަން ކުރައްވާފައިވަނީ މއ. ކޮށީގެ ޢަބްދުﷲ ސަޢީދެވެ.

އެމަގާމަކަށް އޭނާ އައްޔަންކުރި ކަމުގެ ލިޔުން ހަވާލުކޮށްފައިވަނީ ފިނޭންސް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ. އެލިޔުން ހަވާލުކޮށްދެއްވީ ޕީސީބީ ގެ ރައީސް އާސިމް މުހައްމަދެވެ.

ސަޢީދު އެންމެފަހުން ހުންނެވީ މޯލްޑިވްސް ނޭޝަނަލް ޝިޕިން ލިމިޓެޑް (އެމްއެންއެސްއެލް) އެމްޑީއަކަށެވެ.