ތެލަސީމީއާ ކުދިންނަށް ބޭނުންވާ ލޭ އެއްވެސް ދަތިކަމެއްނެތި މި ރޯދަމަހު ލިބެމުންދާ ކަމަށް މޯލްޑިވިއަން ބުލަޑު ސަރވިސަސް (އެމްބީއެސް) އިން ވިދާޅުވެއްޖެއެވެ.

އެމްބީއެސްގެ ފަރާތުން މައުލޫމާތު ދެއްވަމުން ޑރ. އަޙުމަދު އުމަރު މިއަދު ވިދާޅުވީ މިރޯދަމަހުގެ މިހާތަނަށް ލޭ ލިބުމުގައި އެއްވެސް ދަތިކަމެއް ކުރިމަތިވެފައި ނުވާ ކަމަށެވެ. "އިރާދަކުރެއްވިއްޔާ ލޭ ލިބުމުގައި އެއްވެސް ދަތިކަމެއް މިހާތަނަށް ދިމާވެފައި ނުވޭ. އެއީ ވަރަށްބޮޑު ކުރިއެރުމެއް އިރާދަކުރެއްވިއްޔާ،" ޑރ. އުމަރު ވިދާޅުވިއެވެ.

މިހާރުވެސް ލޭ ހަދިޔާކުރަން ބޭނުންވާ ފަރާތްތަކަށް އާންމު އުސޫލުން އެފުރުސަތު ވަނީ ހުޅުވިފައެވެ. އެހެންކަމުން އެމްބީއެސް އަށް އައިސް ލޭ ހަދިޔާ ކުރަމުން ގެންދެވޭނެއެވެ.

ރާއްޖޭގައި މިހާރުވެސް ތެލަސީމިއާ ކުދިންގެ ގޮތުގައި 653 ކުދީން ރަޖިސްޓްރީ ކޮށްފައިވެއެވެ. މިއީ މިވަގުތު ދުނިޔޭގައި ތިބިކުދިންގެ އަދަދުވެސް މެއެވެ.

ޑރ. އުމަރު ވިދާޅުވީ ރާއްޖޭގެ އެކި ރަށްރަށުގައި ތިބި ލޭއަޅާ ކުދިންނަށް ދިމާވާ މައްސަަލަތައް އެމްބީއެސްއާ ހިއްސާ ކުރުމުގެ ފުރުސަތު ބެލެނިވެރީންނަށް އަބަދުވެސް އޮންނާނޭ ކަމަށެވެ. އެ މައްސަލަތައް ނުވަތަ ޝަކުވާ ހުށަހެޅުމުން އެމްބީއެސްގެ ފަރާތުން ގުޅަންޖެހޭ ފަރާތްތަކަށް ގުޅައިގެން އެކަމުގެ އިރުޝާދުދީ އެކަމެއް ހައްލު ކުރުމަށް މަސައްކަތް ކުރައްވާ ކަމަށް ވެސް ޑރ. ޢުމަރު ވިދާޅުވިއެވެ.