މިފްކޯގެ އާ ބޯޓު ޖަޒީރާ 103 މިއަދު ރާއްޖެ އައިސްފި ކަމަށް އެކުންފުނިން ވިދާޅުވެއްޖެއެވެ. މި ބޯޓަކީ ދެ ފަރާތުން މަސް ކިރޭ ގޮތަށް ދެ ކްރޭން ހަރުކޮށްފައިވާ ބޯޓެއްކެވެ.

މިފްކޯއިން ވިދާޅުވީ ދުވާލަކު 120 މެޓްރިކު ޓަަނުގެ މަސް ގަނެ ފިނިކުރެވޭނެ ކަމަށާއި އަދި 420 މެޓްރިކް ޓަނުގެ މަސް ރައްކާ ކުރެވޭ ބޯޓެއް ކަމަށެވެ. އަދި މި ބޯޓުގެ ސަބަބުން ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް ހެޔޮ ބަދަލެއް އަންނާނޭ ކަމަށްވެސް އެކުންފުނިން ވިދާޅުވިއެވެ.

އަދި ރާއްޖޭގައި މަސްވެރިކަން ރަނގަޅުވާ މޫސުމުގައި މަސްވެރިން ބާނާ ހުރިހާމަހެއް ނުކިރުމުގެ ޝަކުވާމިހާރުވަނީ އިންތިހާއަށް ބޮޑުވެފައެވެ. މިއީ 2005 އިން ފެށިގެންއިންތިހާއަށް މަސްވެރިން ކުރަމުން އަންނަ ޝަކުވާއެކެވެ.

މި ޝަކުވާއަށް ނިމުމެއް ގެނައުމަށް މިފްކޯއިން ވަނީ މިދިޔަޑިސެމްބަރުގައި ވެސް އިތުރު 3 ބޯޓެއް ގަނެފައެވެ. މިއީ ވެސް ކުންފުނީގެމަސްގަތުގެ ކެޕެސިޓީ އިތުރު ކުރުމަށް ގަނެފައިވާ ތިން ބޯޓެވެ.

ޖަޒީރާ 103 ރާއްޖެ އައިސް އެ ބޯޓު އޮޕަރޭޝަނަށް ނެރެވޭނީ ކިހާދުވަހެއްގެފަހުން ކަމެއް އަދި އެނގިފައެއް ނުވެއެވެ.