ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާޓަވަރު 5 އެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ޓަވަރުން މީހުން ހުސްކުރަން ފެށި ނަމަވެސް މިހާރު އަލިފާންގަނޑު ވަނީ ނިވާލެވިފައެވެ.

މީގެ އިރުކޮޅެއް ކުރިން ހިޔާ ޓަވަރު 5 އެއްގެ ބެލްކަނީގައި ވަރަށް ބޮޑު އަލިފާންގަނޑެއް ރޯވެގެން އުޅޭ މަންޒަރު ފެންނަ ވީޑިޔޯއެއްވެސް ސޯޝަލްމީޑިޔާގައި ވަނީ ދައުރުވެފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި، އަލފާން ރޯވާން ދިމާވީ 5ވަނަ ޓަވަރުގެ 17ވަނަ ފަންގިފިލާގެ 2-17-5 އެޕާޓްމަންޓުގެ ބެލްކަންޏަށް ކޮންމެވެސް މީހަކު ވައްޓާލި ސިނގިރޭޓްބުރިއެއްގެ ސަބަބުންނެވެ.

ހިޔާފްލެޓުގައި ދިރިއުޅޭ މީހުން ވަނީ އެ އަލިފާންގަނޑު އިތުރަށް ބޮޑުވެ ނުފެތުރެނީސް ކޮންޓްރޯލް ކޮށް ނިވާލާފައެވެ. އަދި މިހާރު އެމްއެންޑީއެފުންވެސް އެކަމުގައި ހަރަކާތްތެރިވާއިރު އެމްއެންޑީއެފުން ހާމަކުރާ ގޮތުގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވަތަ ގެއްލުމެއް ލިބިފައެއް ނުވެއެވެ. އަދި ރޯވާން މެދުވެރިވި ސަބަބެއް އެމްއެންޑީއެފުން ހާމަކޮށްފައެއް ނުވެއެވެ.