އެމްޓީސީސީއިން ތ. ބުރުނީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ދަށުން، މަސައްކަތުގެ 64 އިންސައްތަ މިހާރު ވަނީ ފުރިހަމަކުރެވިފައިވާ އެކުންފުނިން ވިދާޅުވެއްޖެއެވެ.

އަދި އެރަށު ގިރާ ސަރަޙައްދަށް ވެލި އެޅުމުގެ މަސައްކަތް ނިމި، ބޭރު ތޮށި ލުމުގެ މަސައްކަތް މިހާރު ވަނީ 54 އިންސައްތަ ފުރިހަމަކުރެވިފައިކަމަށްވެސް އެމްޓީސީސީއިން ވިދާޅުވިއެވެ.

މި މަޝްރޫޢުގެ ދަށުން، 21,181.80 ކިއުބިކް މީޓަރުގެ ވެލި ގިރާ ސަރަޙައްދަށް އެޅުމާއި، 220 މީޓަރު ރިވެޓްމެންޓް ޖެހުމުގެ އިތުރުން 369 މީޓަރު ބޭރުތޮށި ލުމުގެ މަސައްކަތްވެސް ހިމެނެއެވެ.

ސަރުކާރުން ހިންގާ މި މަޝްރޫޢަކީ 27.2 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.