އައްސަލާމް އަލައިކުމް. ހުރިހާ ކުދިންގެ ހާލު ރަނގަޅުތަ؟ މިއަދު ވާހަކަ ކިޔަން ތިބި ކުދިނަން ވަރަށް މުހިންމު ވާހަކައެއް ކިޔާދޭން މި އުޅެނީ އިނގޭ!
ކޮން ކުދިންނަކަށް ފަތަން އެނގެނީ؟ އެހެންތަ ވަރަށް މޮޅު ކުދިންކޮޅެކޭ ދޯ މި. ވަރަށް ރަނގަޅު ކޮންމެ ކުއްޖަކުވެސް ފަތަންދަސް ކުރަން ވާނެ. ތީގެ ތެރެއިން އެއްވެސް ކުއްޖެއް ހަޑިވެފަ އޮންނަ މޫދެއްގަ ފަތާ ހިތްވާނެ ތަ؟ ނުވާނެ ދޯ. އާނ! މިއަދުގެ ވާހަކައިގެން ކުރިޔަށް ދަމާ ދޯ.
އެއްދުވަހަކު 7 އަހަރުގެ ހަސަނާ އަހަރުގެ 6 ޝީނާ ތިބީ މޫދު ދޮންވެލިގަނޑުމަތީ ސޭންޑްކާސަލް އެއް ހަދާށެވެ. މިއީ ދެބެންނެވެ. އަދި އެހެން ކުދިންވެސް ކުޅެން ތިއްބެވެ. ވަރަށް ރީތި ކޮށް ދޮންވެލިގަނޑުގަ ބޮޑު ސޭންޑްކާސަލެއް ދެ ކުދިންވެގެން ހެދިއެވެ.
ހަސަން ބުނެލިއެވެ. "ކޮއްކޯ ޝީނާ ބޭބެ ވަރަށް ބަނޑުހާވެއްޖެ ހިނގާދޯ އެއްޗެއްކާލަން؟"
ޝީނާ ކޮއްކޮ އައީ އަލަނާސި ޖޫސްޕެކެޓާ ލެމަން ކްރީމް ބިސްކޯދު ހިފައިގެންނެވެ. ދެ ކުދިން އެކުގައި ކައިނިމިގެން ހުސްވެފައި ހުރި ޖޫސްޕެކެޓާ ބިސްކޯދު އުރަ އެއްލައިލީ ރާޅު ޖަހާ ހިސާބަށެވެ. ދެން ވީގޮތް ތި ކުދިންނަށް އެނގޭތަ! ބޮޑުރާޅެއް ޖަހާ އެ އުކާލި ކުނިކޮޅު މޫދަށް ގޮސް ގެއްލިއްޖެއެވެ.
އެވަގުތު ދެކުދިންނަށް މޫދު ކައިރިން ފެނުނީ ބޮޑު ވެލައެކެވެ. އެ ސޮރު އޮތީ ދަލެއްގަ އޮޅިފަ އެވެ. އެސޮރު އޮތީ ސަލާމަތް ނުވެވިފައެވެ! ހަސަނު ބުނެލިއެވެ. "ބޮޑު ވެލާ އެއޮތީ ދެރަވެފައެވެ."
އެގަޑީގައި އެހެން ދިޔަ ދައްތައަކު އެކުދިން ގާތަށް ޖެހި ބުނެލިއެވެ. "ކޮއްކޮމެންނޭ، ކޮއްކޮމެން ތިގޮތަށް މޫދަށް ކުނި އަޅާ ކަމަށް ވަންޏާ ބައިވަރު މަސްތަކާއި މޫދުފަޅުގައި އުޅޭ ހުރިހާ ދިރޭ ތަކެއްޗަށް ކިހާގެއްލުން ވާނެކަން ތިކުދިންނަށް އެނގޭތަ."
އެދައްތަ ބުނި ވާހަކައަކުން ދެކުދިން ވަރަށް ދެރަވެއްޖެއެވެ. އަދި އެދައްތައާއެކު އެންމެން އެކުވެގެން އެ ވެލާ ގައިގާ އޮޅިފައި އޮތް ދާގަނޑުން އެވެލާ ސަލާމަތްކޮށްފިއެވެ. އަދި ވެލާ މޫދަށް ދޫކޮށްލިއެވެ.
އެއްކަލަ ދައްތަ ބުނެލިއެވެ. "ކޮއްކޮމެން ހިނގާ ދައްތައާއެކު ކުޑަ ދަތުރެއް ކޮށްލަން."
މިހެން ކިޔައި ދައްތަ ދެ ކުދިން ގޮވައިގެން ލޯންޗުގައި ދަތުރު ކޮށްލިއެވެ. އެދައްތަ ބޭނުންވީ ކުދިންނަށް ފަޅުތެރެ ދައްކާލުމަށެވެ. ވާހަކަ ކިޔަން ތިބި ކުދިންނަސް އެނގޭތަ ހަސަނާ ޝީނާއަށް ފެނުނީ ކޮން އެއްޗެއްކަން؟ އެ ދެކުދިންނަށް މޫދުން ފެނުނީ ބައިވަރު ޕްލާސްޓިކު ކޮތަޅާ ފުޅިތަކާ އެކިކަހަލަ ހުސް ދަޅުތަކެވެ. އެކި ފާޑުގެ ކުނިބުނި ގިނަވެ މުޅި ފަޅުތެރެ ހަޑިވެފަ ވަނިކޮށެވެ. އަދި ބައިވަރު މަސްތައް ވެސް ފަޅުތެރެއިން މަދުވެފައި ވަނިކޮށެވެ. ފަޅުތެރޭގަ ހުރި މުރަކަތައްވެސް ހަލާކުވެފައި ހުރިތަން ފެނުނެވެ.
މި ދެކުދިން ވަރަށް ދެރަވިއެވެ. އަދި އެ ދެކުދިން މޮޅު ހިޔާލެއް އައުމުން އެ މަޝްވަރާކޮށް ކަމެއް ރާވާލިއެވެ. އެ ދެކުދިންގެ ބައިވަރު ރަހްމަތްތެރިކުދިން ތަކަކާއެކު ދެ ޓީމަކަށް ބަހާލިއެވެ. އަދި ހުރިހާ ކުދިން މޫދާއި ގޮނޑުދޮށުގައި ހުރި ބައިވަރު ކުނިބުނި ނަގާ ސާފު ކުރިއެވެ. އެކުދިންގެ މައިންބަފައިންނާއި ބެލެނިވެރިންވެސް މޫދު ފަޅުތެރެ ސާފުކުރުމުގައި މަސައްކަތް ކުރިއެވެ. ފަޅުތެރޭގައި ރީތި އެކި ވައްތަރުގެ މަސްތައް އާލާވެ ކަނޑުއަޑީގެ ދިރުން ދެމެހެއްޓޭނީ މިގޮތަށް ސާފުކޮށްގެންނެވެ..
މި ވަހާކަ ކިޔަން ތިބި ކުދިނަށް މިއަދު ދަސްވީ ކޮން އިބްރަތް ތެރި މަޢުލޫމާތެއްތަ؟ މިހާރު ތިކުދިނަށްވެސް އެގިއްޖެ ދޯ މޫދާ ކަނޑުފަޅު ހިމާޔައް ކުރަންވާނެކަން؟ ވަރަށް ރަނގަޅު ބަސްއަހާ ކުދިން ކޮޅެއް. އެކުއްޖަކަށް ދަސްވި ކަމެއް ފޮތެއްގައި ލިޔެލަންވާނެ އިނގޭ! ހުރިހާ ކުދިންނާ އެންމެން ވެގެން މޫދަށް ކުނި ނާޅާ ކަނޑާ ފަޅުތެރެ ސާފުކޮށް ބޭއްވުމަށް މަސައްކަތް ކުރަންވާނެ އިނގޭ!. ހުރިހާ ކުދިންގެ ރީތި ދިވެހި ރާއްޖޭގެ ތިމާވެށި ސާފު ތާހިރުކަމާއެކު ރައްކާތެރިކޮށް ބޭއްވުމަށް އަޒުމްކަނޑައަޅަމާދޯ.