ހއ. ހޯރަފުށީ ޖުވެނައިލް ޖަސްޓިސް ޔުނިޓް (ހާފްވޭ ހައުސް) އިމާރާތް ކުރުމުގެ މަޝްރޫއުގެ ދަށުން ފުރާޅުގެ ސްޓްރަކްޗާ ހެދުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް އެ މަޝްރޫއު ކޮންޓްރެކްޓަރު އެމްޓީސީސީން ވިދާޅުވެއްޖެއެވެ.

އެމްޓީސީސީން ވިދާޅުވީ އެ ސައިޓުގައި މިހާރު ކުރިއަށްދަނީ ފުރާޅުގައި ޓިނު ޖެހުމާއި ޕްލާސްޓަރިންގެ މަސައްކަތް ކަމަށެވެ.

އަދި ހާފްވޭ ހައުސްގެ އެންމެ ބޮޑު ބޭނުމަކީ، ކުށްތަކުގައި ގެންނަ ކުދިންނަށް ފަރުވާއާއި އެހީތެރިކަން ފޯރުކޮށްދީ، އެ ކުދިން އަނބުރާ މުޖުތަމައަށް ނެރުމުގައި ބޭނުންވާ އެހީތެރިކަމާއި ރިހެބިލިޓޭޝަން ފަރުވާ ފޯރުކޮށްދިނުން ކަމަށްވެސް އެމްޓީސީސީއިން ވާނީ ވިދާޅުވެފައެވެ.

އެ ކުންފުންޏަށް 150 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށް ހަވާލުކުރި މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައެވެ.

މިއީ 5.99 މިލިއަން ރުފިޔާގެ މި މަޝްރޫއެކެވެ.