ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި މަންޒިލް އޮތީ ކުރިއަށް ކަމަށާއި އިރާދަކުރެއްވިއްޔާ ކާމިޔާބުވާނޭ ކަމަށް ޖުމްހޫރީޕާޓީ (ޖޭޕީ) ގެ ޑެޕިޔުޓީ ލީޑަރ އަހުމަދު ސައުދު ވިދާޅުވެއްޖެއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޖޭޕީއާއި ރައީސް ނަޝީދާ ގުޅިގެން މަސައްކަތް ކުރެއްވުމަށް ކުރަމުންގެންދާ މަޝްވަރާތަކަކީ ގައުމަށާއި ރައްޔިތުންނަށް ހެޔޮއެދޭ ލީޑަރުންގެ އުސޫލުން ކުރަމުންދާ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ. އެފަދަ ލީޑަރުން އަބަދުވެސް ވިސްނާނީ ގައުމަށާއި ރައްޔިތުންނަށް އެންމެ ފައިދާވާނޭ ގޮތަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"މި ފެންނަނީ އެމަންޒަރު ޤާސިމް އިބްރާހީމާއި ރައީސް މުޙައްމަދު ނަޝީދު އެކީގައި މަސައްކަތުގައި،" އެދެ ބޭފުޅުންގެ ފޮޓޯއާއެކު ކުރެއްވި ޓުވީޓެއްގައި ސައުދު ވިދާޅުވެފައިވެއެވެ.
ރައީސް ނަޝީދުގެ ވެރިކަމުގައި ޤާސިމް އިބްރާހީމް ވަނީ ހޯމް މިނިސްޓަރުކަން ކުރައްވައިފައެވެ. އެހެންނަމަވެސް އެކާވިސް ދުވަސް ފަހުން އެމަނިކުފާނު ވަނީ އިސްތިއުފާ ދެއްވައިފައެވެ. މި ދެ ބޭފުޅުން އަލުން ގުޅިގެން އެކީގައި ސިޔާސީ މަސައްކަތް ކުރައްވާތީ ފާޑުކިޔާ މީހުންނާއި އެކަމާ އުފާކުރާމީހުން މިހާރުވެސް ގެންދަނީ އެމީހުންގެ ޝުޢޫރުތައް ފާޅުކުރަމުންނެވެ.
2023 މިފަހަރު ވޯޓް ދޭންވީ ކާނަލް ނާޒިމްއަށް އެންމެ ރަނގަޅު ހުށަ އެޅުންތަކާއި އެކު ހުރިހާ ދިވެހި ރައްޔިތުންނަށް އުފާ ފާގަތިކަން ގެނެސް ދެއްވާނެ ކަމަށް މިހާރުވެސް އެވިދާޅުވަނީ ކާނަލް ނާޒިމް ވަރަށް ވަރަށް ސާފް އިނގޭތޯ