ޗަމްޕާ ބްރަދަރސްގެ ފަރާތުން ރައްޔިތުންނަށް ހަދިޔާ ކޮށްފައިވާ ކާށި ބެހުމަށް މާލެ ސިޓީ ކައުންސިލުން ކުރި މަސައްކަތުން ފުރަތަމަ ދުވަހު 400 އަށްވުރެ ގިނަ ކާށި ބަހައިފި ކަމަށް މާލޭ ސިޓީކައުންސިލުންް ވިދާޅުވެއްޖެެއެވެ.
ޗަމްޕާ ބްރަދަރސްގެ ފަރާތުން ރައްޔިތުންނަށް ހަދިޔާ ކޮށްފައިވާ ކާށި ބެހުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފަށާއިފައިވަނީ އިއްޔެވެ. މިއަދަށް މާލެ ސިޓީ ކައުންސިލުން އިއްޔެ ވަނީ އިސްލާމިކް މިނިސްޓްރީގެ ދަފްތަރުގައި ފަޤީރުންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ މީހުންގެ ތެރެއިން 16 މީހަަކަށް 80 ކާށި ބަހައިފައެވެ. އޭގެ އިތުރުން ގޭބީސީތަކަށް ބަހާ ކާށީންްް 67 މީހަކަށް 335 ކާށި ދީފައިވާ ކަމަށް ވެސް ސިޓީކައުންސިލުން ވިދާޅުވެފައިވެއެވެ. އެހެން ކަމުން އިއްވެނީ 415 ކާށި ދޫކޮށްފައެވެ. ކާށި ދޫކޮށްފައިވާ ރޭޓަށް ބަލާއިރު ބޮލަކަށް އެޖެހެނީ 5 ކާއްޓެވެ. ކާށި ދޫކުރަނީ އައިޑީކާޑު ދެއްކުމުންނެވެ.
ކުރިން މާލެ ސިޓީ ކައުންސިލުން ކާށި ބެހުމަށް ނިންމާފައިވަނީ ފުރަތަމަ 5 ދުވަހު، ހަމައެކަނި އިސްލާމިކް މިނިސްޓްރީގެ ދަފްތަރުގައި ފަޤީރުންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. އެހެންނަމަވެސް ފަގީރުންގެ ލިސްޓުގައި ތިބިމީހުންނަށް 5000 ކާށި ޚާއްސަކުރެއްވުމަށްފަހު މާލޭގައި ދިރިއުޅޭ އާންމު ރައްޔިތުންނަށް ވެސް އެ 5 ދުވަހު ކާށި ބެހުމަށް މާލެ ސިޓީ ކައުންސިލުން ވަނީ ނިންމާފައެވެ.
ކާށި ބެހުން ކުރިއަށްދާނީ މާލެސިޓީ ކައުންސިލުގެ ޢާންމު ޚިދުމަތްތަކާއި ބެހޭބައިން (ތައިސޭކޮށި / ބޮޑުތަކުރުފާނުމަގު) ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 09:30 އިން 13:30 އަށް އަދި ރޭގަނޑު 21:30 އިން 23:30 އަށެވެ.