އެސްޓީއޯއިން ކުޅުދުއްފުށީގައި އަޅަން އުޅުނު ގޮދަން ފެކްޓްރީ ނޭޅުނީ ރައީސް އޮފީހުން އެކަން ކުރަން ބޭނުން ނުވުމުން ކަމަށް އެސްޓީއޯގެ ކުރީގެ މެނޭޖިންޑިރެކްޓަރ ހުސައިން އަމްރު ވިދޅުވެއްޖެއެވެ. އޭނާ ވިދާޅުވެފައިވަނީ އެތަން އަޅާނޭ އެހެން ތަނެއްވެސް ރައީސް އޮފީހުން ނުދެއްކެވި ކަމަށެވެ.

އަމްރުގެ މީހަވާހަކަތަކަށް ރައްދު ދެއްވީ އެމްޑީޕީގެ މަރަދޫދާއިރާގެ މަޖިލިސް މެމްބަރު އިބްރާހީމް ޝަރީފެވެ. އޭނާ ވިދާޅުވެފައިވަނީ އަމްރު މީހާރު އެ ދައްވަނީ ހޮޅިވާހަކަ (ތާކުންތާކު ނުޖެހޭ ދޮގުވާހަކަ) ކަމަށެވެ. އޭނާ ވިދާޅުވެފައިވަނީ އެފަދަ ތަންތަން މީހުން ގާއިމްކުރަނީ ގޮދަން އުފައްދާ ތަންތަނާ ނުވަތަ ދަނޑުތަކާ ކައިރީގައި ކަމަށެވެ. އެހެންނޫނީ އެއިން ކުރާނޭ ފައިދާއެއް ނެތްކަމަށް ވެސް ޝަރީފް ވިދާޅުވެފައިވެއެވެ.

"ފައިދާވޭނޭ ގޮތަކަށް އެކަން ކުރެވެން ނެތްއިރު ކީއްވޭތޯ އިންޑިއާ ޔޫކްރެއިން ޔޫއެސްއޭފަދަ ގައުމެއްގައި އަމްރުގެ ބެލުމުގެ ދަށުން އެސްޓީއޯގެ މިލް ބިނާ ނުކުރެއްވީ. މިހާރު އަމްރު ދައްކަވަނީ ހުސް ހޮޅިވާހަކަ،" ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ދެމެހެއްޓެނިވި ގޮތަކަށް އެކަންކުރަންޏާ ގޮދަންފުށް އުފައްދާ އެފަދަ ތަންތަން ހަދާފައި ހުންނަނީ ގޮދަން އުފައްދާ ސަރަހައްދުތަކާ ކައިރީގައި ކަމަށެވެ. "މިސާލަކަށް ސިންގަޕޫރުގެ އިންޓަރ ފްލަރ ގްރޫޕުގެ ދިހަ މިލް ސައުތުއޭޝިޔާގެ ގޮދަން އުފައްދާ ސަރަހައްދުތަކުގައި ހުރިއިރު ސިންގަޕޫރުގައި މިލް އެއް ނެތް،" ޝަރީފް ވިދާޅުވިއެވެ.