ގޭގައި ހުރެގެން ކޮވިޑް ޓެސްޓް ހެދުމަށް ކިޓެއް ބޭނުން ވެގެން އޯޑަރު ދިނުމުން އެ ކިޓް ފޮނުވައި ދޭނީ ޑްރޯން މެދުވެރިކޮށެވެ.

ވޯލްމާޓުން، މި ޚިދުމަތް އަދި ދިނުމަށް ހަމަޖެހިފައިވަނީ އުތުރު ލަސް

ވޭގަސްގައި އެކަންޏެވެ.

https://www.instagram.com/p/CFcXQQ2ntKn/

ވޯލްމާޓްގެ ފިހާރަތައް ހުން އޭރިއާތަކުގައި މިޚިދުމަތަށް އޯޑަރު ދޭތާ އިރުކޮޅެއްގެ ތެރޭގައި ޑެލިވަރ ކޮށްދޭނެއެވެ.

އެކުންފުނިން މި ޚިދުމަތް ދެނީ ޑްރޯން ޚިދުމަތް ދިނުމުގައި އެންމެ ކުރީގައި އުޅޭ ކުންފުނިކަމަށްވާ ޑްރޯންއަޕްއާ ގުޅިގެންނެވެ. އަދި ޓެސްޓް ކިޓަކީ، އެކަމަށް ޚާއްސަ ކުންފުންޏަކުން އުފައްދާ ފައިވާ ކިޓެކެވެ.