އައްސަލާމުއަލައިކުމް، ވާހަކަ ކިޔަން ތިބި ކުދިން ހާލު ރަނގަޅުކަމަށް އުންމީދު ކުރަން.
މިއަދު ތި ކުދިންނަށް މި ހާއްސަކޮށްލަނީ މޮޅު މަސައްކަތް ތެރި ކުއްޖެއްގެ ވާހަކަ ކިޔާދޭން.
"ހަމްޒާ އަކީ އުމުރުން ބާރަ އަހަރުގެ ފިރިހެން ކުއްޖެކެވެ. ހަމްޒާގެ ކާފައަކީ ވަރަށް މޮޅަށް ލިޔެލާ ޖެހުމާ ވަޑާންކުރަން އެނގޭ މީހެކެވެ. އެއްދުވަހަކު ހަމްޒާ ދިއައީ ކާފަގެ މަސައްކަތް ކުރާ ވަޑާންކުރާ ތަން ބަލާލުމަށެވެ. ހަމްޒާ ކާފަ ގާތު ބުނެލިއެވެ "ކާފަ...! މި ހުރިހާ ފަރުނީޗަރަކީ ކޮންބައެއް ތައްޔާރު ކުރާ އެއްޗެއްތަ؟"
ޖަވާބުގައި ކާފަ ބުނެލިއެވެ. "ދަރިފުޅާ ހަމްޒާ. މިއީ ކާފަ އަމިއްލައަށް ފަރުމާ ކޮށް ހަދާފަ ހުރި އެކި ފަރުނީޗަރުގެ ސާމާނު. ދަރިފުޅުވެސް އަންނަންވީއެއްނު މި މަސައްކަތުގަ ބައިވެރިވާން. ވަޑާމުގެ މަސައްކަތް ދަސްކުރަން ކާފަ އެހީ ތެރިވާނަން."
ކޮން ކުދިނަކަށް އެނގެނީ ވަޑާން ކުރުމަށް އިނގެރޭސިބަހުން ކިޔާ ނަން؟ ހާދަ މޮޅު ކުދިން ކޮޅެކޭ. ތި ވިސްނުނީ ހަމަ ރަނގަޅަށް. ވަޑާން ކުރުމަށް އިނގެރޭސި ބަހުން ކިޔަނީ "ކާޕެންޓްރީ" ހަމްޒާ ހިތަށް އަރައިފިއެވެ. "މި ވަރަށް އަގުހުރި މަސައްކަތެއް. މިކަން ވަރަށް ކުރާހިތްވެއްޖެ."
ތިކުދިންނަށް އެނގޭތަ، ހަމްޒާ ކޮންމެ ދުވަހަކު ސްކޫލު ނިންމައި އައިސް ފިލާވަޅުތައް ހަދައެވެ. ހުސްވަގުތު ތަކުގައި ހަމްޒާ ދަނީ ކާފަގެ މަސައްކަތް ކުރާ ވަޑާން ކުރާގެއަށެވެ. އެއީ ކާޕެންޓްރީ ޝޮޕެވެ. ކާފަގެ މަސައްކަތުން ހަމްޒާ އަށް ވަރަށް ރީތިކޮށް ލިޔެލާ ޖަހަން ދަސްކުރި އެވެ. އަދި ބައެއް ފަރުނީޗަރުގެ މަސައްކަތް ތައް ވެސް ދަސް ކުރިއެވެ. އެއީ ވަރަށް ވަގު ތުނަގައިގެން ކުރާ ބުރަ މަސައްކަތެކެވެ. ހަމްޒާގެ އަމިއްލަ ފަރުމާގައި ވަރަށް ރީތި ތަކެތި ހެދިއެވެ.
އަދި ތި ކުދިންނަށް އެނގޭތަ، ހަމްޒާ ކޮންމެ ދުވަހަކުވެސް ކުރާ މަސައްކަތުގެ އެކި ލިޔުންތައް ފޮތެއްގަ ލިފައި ބަހައްޓާކަން؟ ހަމްޒާގެ ކާފަ ބުންޏެވެ. "ދަރިފުޅާ މުސްތަޤްބަލުގައި ކުރަން ތި ދަސްވީ ވަރަށް ރަނގަޅު މަސައްކަތެއް. ކާފަ މިއަދު ވަރަށް އުފާވެއްޖެ. ދަރިފުޅަށް އެނގޭތަ؟ ދަރިފުޅު ހަދާފައި ހުރިރި ކުޑަ މޭޒާ ގޮޑި މިއަދު ވިކިއްޖެ." ހަމްޒާ ވަރަށް އުފާވެފައި ކާފަގެ ގައިގަ އޮޅުލައިގަނެ ކާފައަށް ޝުކުރު އަދާ ކުރިއެވެ. ހަމްޒާގެ ކާފަ ހަމްޒާއަށް ނަސޭހަތް ތެރިވިއެވެ. "ދަރިފުޅާ. އަބަދުވެސް ހަނދާން ބަހައްޓާތި، ކުރާކޮންމެ މަސަކަތެއްވެސް ރަނގަޅުގޮތުގަ ކުރަން! އެއްވެސް މަސައްކަތެއް ކުރަން ނޭނގުމަށް ވުރެ ކޮންމެވެސް ކަމެއް ކުރަން ދަސްވެ އެނގުން އެއީ އަބަދުވެސް ފައިދާކުރާނެ ކަމެއް. ކާފަގެ އުންމީދަކީ ދަރިފުޅު ބޮޑުވަމުން އަންނައިރު މޮޅަށް ވަޑާމުގެ މަސައްކަތް ކުރާ މާވަޑި އަކަށް ވުން."
އޭގެ ފަހުން ހަމްޒާއަކީ އެރަށުގައި ހުރި އެންމެ ކުޑަ މާވަޑިއެވެ. އާއެކެވެ. ޔަންގް ކާޕެންޓާއެވެ،"