"އެންމެ މާތް މައްސަރު'' ގެ ނަމުގައި ޚާއްސަ ޖަލްސާއެއް ބާއްވަން މައުމޫން ފައުންޑޭޝަނުން ހަމަޖައްސައިފިއެވެ. މިއީ އެ ފައުންޑޭޝަނާއި އިސްލާމީ އެހީތެރިކަމުގެ ގުޅުމާ ގުޅިގެން ބާއްވާ ޖަލްސާއެކެވެ.

ރަމަޟާން މަހާ ބެހޭ ޚާއްސަ މި ޖަލްސާ އޮންނާނީ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ކަމަށް އެ ފައުންޑޭޝަނުން ވިދާޅުވިއެވެ. މި ޖަލްސާ ބާއްވަން ހަމަޖެހިފައިވަނީ އޭޕްރީލް 17 ވާ ހޯމަ ދުވަހުގެ ރޭ 9:45 ގައެވެ. އެރޭ ދިމާވަނީ މި ހިނގާ ބަރަކާތްތެރި މަހުގެ 27 ވަނަ ވިލޭރެއާއެވެ.

މި ޖަލްސާގައި ކުރީގެ ރައީސުލްޖުމުހޫރިއްޔާ އަދި މައުމޫން ފައުންޑޭޝަންގެ ޗެއަރމަން އަލްއުސްތާޛް މައުމޫން އަބްދުލް ޤައްޔޫމް ވާހަކަފުޅު ދައްވާނެއެވެ. މީގެ ކުރިން ވެސް މިފަދަ ޖަލްސާތައް އެ ފައުންޑޭޝަނުން ވަނީ ބައްވައިފައެވެ. މިއީ ރަމަޟާން މަހުގެ ރޭތައް އިހްޔާ ކުރުމުގެގޮތުން ބާއްވާ ޖަލްސާތަކެކެވެ.