ރަންވީރު ސިންގްގެ ހެޓްރިކް ފްލޮޕް ގެ ސަބަބުން ޔާޝް ރާޖް ފިލްމްސް އިން، ރަންވީރުސިންގްއަށް އެއްވެސް ރޯލެއް ނުދޭން ނިންމައިފިއެވެ.

ރަންވީރު ސިންގްގެ އެކަށީގެންވާ ވަރުގެ އެކްޓެއް ފެނި، ކާމިޔާބުވެފައިވަނީ ބޭންޑް ބާޖާ ބާރަތު (2010) އެވެ. އޭނާ އަކީ ބޮލީވުޑްގައި އުންމީދީ އެކްޓަރެއްކަމަށް ބެލެވުނު ވަގުތުތަކެއް ވެސް ދިޔައެވެ. އެހެންނަމަވެސް ކޮވިޑް-19 އަށް ފަހު ރަންވީރުސިންގްގެ ރެކޯޑަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ. ގިނަ ބަޔަކު އިންތިޒާރު ކުރަމުން އައި އޭނާގެ ފިލްމު ’83 (2021) އެންމެ ކުޑަމިނުން ޓިކެޓް ވިއްކުމުގައިވެސް ވަނީ ނާކާމިޔާބުވެފައެވެ. ރަންވީރްސިންގް ބޮލީވުޑަށް ނެރެ، ލޯންޗުކުރި ޔާޝް ރާޖް ފިލްމްސް (ވައިއާރުއެފް) އިން ވަނީ އެއްވެސް ފިލްމެއްގެ އެއްވެސް ރޯލެއް ނުދޭން ނިންމާފައެވެ.

ވައިއާރުއެފްގެ ހެޑް، އަދިތިޔާ ޗޯޕްރާ އާއި އޭނާގެ ކޯ ޓީމު ވަނީ 'ވައިއާރުއެފް ސްޕައި ޔުނިވާސް' އަށް ވަރަށް ބޮޑު އިންވެސްޓްކޮށްފައެވެ. ދާދި ފަހުން ޝާހްރުކް ޚާން ލީޑް ރޯލުން ފެނިގެންދިޔަ ޕަތާން (2023)އަށް ޔާޝްރާޖްފިލްމްސްގެ ޓީމުގެ ހުރިހާ ވަގުތެއް ހުސްކުރިއެވެ. އަދި އެފިލްމު ބްލޮކްބަސްޓަރ ފިލްމަކަށް ވުމަށްފަހު ސަލްމާން ޚާންގެ ޓައިގާ 3 ރިލީޒް ކުރުމަށް ތައްޔާރުވަމުންދާއިރު ވައިއާރްއެފް އިން އެއްވެސް ގެއްލުމެއް ބޮލުގައި އަޅަން ބޭނުން ނުވާތީ، ރަންވީރްސިންގް އެއްވެސް ފިލްމެއްގައި މަސައްކަތް ކުރުމަށް އެމީހުން ބޭނުމެއް ނޫނެވެ.

ވައިއާރުއެފްއާއެކު ރަންވީރު ކުޅުނު 6 ފިލްމުގެ ތެރެއިން ފްލޮޕް ނުވީ އެންމެ ފިލްމެކެވެ. އެއީ ގުންޑޭ (2014) އެވެ. މި ފިލްމަކީ ވެސް ސެމީ ހިޓް ފިލްމެކެވެ. ބޭންޑް ބާޖާ ބާރަތު، ލޭޑީސް ވްސް ރިކީ ބާލް (2011) އަދި ބެފިކްރެ (2016) އަކީ އެވްރެޖް ގްރޮސަރސް އެވެ. ކިލް ދިލް (2014) އާއި ޖަޔޭޝްބައި ޖޯރްދާރް ވެސް ފްލޮޕްއެވެ.