ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 2010/07 އަށް ނުވަވަނަ އިސްލާހު ގެނައުމުގެ ބިލް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ތަސްދީޤު ކުރައްވައިފިއެވެ.

މިއިސްލާހުގައި ވަނީ ކައުންސިލްތަކުގެ ސިޔާސަތުތަކާއި އުސޫލުތަކާއި ޤަވާއިދުތައް ކަނޑައެޅުމާއި ތަންފީޒުކުރުމުގައި ފުރިހަމަކުރަންޖެހޭ އިޖުރާއަތްތަކާއި، ލޭންޑް ޔޫޒް ޕްލޭންގައި ކައުންސިލްތަކާއި ސިޓީތަކުން ހިމަނަންޖެހޭ މައުލޫމާތުތައް ބަޔާންކޮށްފައެވެ. ކައުންސިލްތަކަށް ދެވޭ ހިލޭ އެހީގެ ފައިސާ ބޭނުންކުރުމުގައި އަމަލުކުރަންވީ ގޮތް ބަޔާންކުރާ ޤަވާއިދެއް މިޤާނޫނުގެ ދަށުން މިނިސްޓްރީ އޮފް ފިނޭންސްއިން ހަދަންޖެހޭނެ އެވެ.

މިޤާނޫނަށް މިއަދުންފެށިގެން އަމަލުކުރަން ފަށައިފައިވާއިރު، މިހާރު އަމަލުކުރަމުންދާ ޤާނޫނުތަކުގެ ތެރެއިން މިޤާނޫނާއި ތަޢާރަޒުވާ ޤާނޫނުތައް ފާހަގަކޮށް 6 މަސްދުވަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ދައުލަތުގެ ބަންޑާރަނައިބު ހުށަހަޅުއްވަން ޖެހޭނެ ކަމަށް ވެސް ވަނީ ބަޔާންކޮށްފައެވެ.