އައްސަލާމްއަލައިކުމް، ކޮބާ ވާހަކަ ކިޔާކުދިން ކޮޅު؟ މިއަދަކީ މިރޯދަމަަހުގެ ފަހު ރޯދައަށް ވެސް ވެދާނެ. މާދަމާ އީދަށް ވެއްޖެއްޔާވެސް، ތިކުދިންނަށް މަމްދުބެގެ އީދު ހަދިޔާއެއް ގެނެސްދޭނަން އިނގޭ!

އާނ ދެން ހިނގާ މިއަދުގެ ވާހަކައިގެން ކުރިއަށް ދާން ދޯ! ކޮންމެ ކުއްޖަކަށް ވެސް މަސް އެއީ މީރު އެއްޗެއްދޯ؟ ޔަޤީންތާ މަސް މީރުނުވާނެ އެއްވެސް ކުއްޖަކު ނުހުންނާނެ ތާ. މިއަދުގެ ވާހަކައިގަ މި ކިޔާދެނީ ދިވެހި މަސްވެރިކަމާ ބެހޭގޮތުން. ވަރަށް މޮޅު ޒުވާން މަސްވެރިން ތަކެއްގެ ވާހަކަ ކިޔައިދޭން މިއުޅެނީ.

އަރީޝާ އާއި އަކުރަމް އަކީ ކޮންމެ ދުވަހަކު މަހަށް ދާ ދެކުދިންނެވެ. މި ކުދިންނަކީ އުމުރުން ސޯޅައަހަރުގެ ދެ ކުދިންނެވެ. އެ ކުދިންގެ ރަހްމަތް ތެރި ފަސް ކުއްޖަކުވެސް އެކުދިންނާ އެކު ފަތިހުމަހަށް ފުރައެވެ. ފަތިސް ނަމާދު ކޮށްގެން ދެން އެވީ އެން ނަގަންދާށެވެ.

ކޮން ކުދިންނަކަށް އެނގެނީ" އެން" ކޮން އެއްޗެއްކަން؟ އެމަކީ ކުދިކުދި މަސްތަކަށް ކިޔާ ނަމަކެވެ. ވެން ބޮޅު ނެގުންވެސް މިކަމަށް ކިޔައެވެ. ވެންބޮޅު ނަގާނީ ދާ އެއްލައިގެނެވެ. ހުރިހާ ކެޔޮޅުވެރިން ފަތިހުގެ އިރުއެރުމުގެ ކުރިން ކަނޑުމައްޗަށް ގޮސް ރެއާ ދުވާލު ގަދަ އަވީގައި ހޭދަކުރާ ވަގުތު ތަކަކީ ނުހަނު ބުރަ މަސައްކަތެކެވެ. މަސް ބޭނުމަކީ ވަރަށް ހިވާގި ކެރޭ ހިތްވަރުގަދަ މީހުނަށް ނޫނީ ނުކެރެވޭނެ ކަމެކެވެ. ދިވެހިންގެ ތެރޭގައި މިފަދަ ޒުވާނުން ތިބެއެވެ. ބައެއް ދުވަސްތަކުގައި މޫސުމް ގޯސްވެ ކަނޑުގަދަ ވެއްޖެއްޔާ މަސްބޭނުން ދަތިވެއެވެ. ތި ކުދިންނަށް އެނގޭތަ އެއީ ކީއްވެގެންކަން؟ އެއީ އުޑުމަތި ބަނަވެ ވިއްސާރަ ނަގާ ބޯކޮށް ވާރޭވެހެންޏާ ކަނޑުގައި އުޅޭ ހުރިހާ މަސްތައް ދާނީ އަޑިއަށެވެ.

ކޮން ކުދިންނަކަށް އެނގޭނީ މަސްވެރިންގެ ދުވަހަކީ ކޮބައިކަން؟ އެ ދުވަހަކީ ޑިސެމްބަރު ދިހަ ވަނަ ދުވަހެވެ. މަސްވެރިން މަސްބޭނުމަށް ފަހު އެބުރި ރަށަށް އަންނާނީ އިރުއޮށްސެން ވާއިރަށެވެ.

އަރީޝަށް ބޭނުނު މަސްތަކުގައި ބޮޑެތި ކަންނެލި ހުއްޓެވެ. އަކުރަމަށް ބޭނުނީ ބައިވަރު ގޮދާއެވެ. އަދި އެހެން ކުދިންނަށް ތަފާތު ބައިވަރު މަސްތައް ބޭނުނެވެ. މި ކުދިން އެނބުރި ރަށަށް އައުމުން މި ބޭނި މަސްތައް ހިފައިގެން އެއްގަމަށް އަރުވައި މަސްތައް ކަނޑައި އަދި ވިއްކުމަށް ކިރާވެސް ހެދިއެވެ. މަސް ބާނައިގެން ރަނގަޅު އާމަދަނީއެއް އެކުދިންނަށް ލިބެއެވެ.

މި ހިތްވަރު ގަދަ ޒުވާން ކުދިންކޮޅަކީ އެކުދިން މަހަށް ނުފުރާ ދުވަސް ތަކުގައި ވަރަށް ރަނގަޅަށް ކިޔަވާ ކުދިންތަކެވެ. އެކުދިންގެ ލެޕްޓޮޕޮތައް ހިފައިގެން އެކުދިންގެ ކިޔެވުމަކީ މަސްވެރިކަމާ ބެހޭ ވިޔާފާރިގެ ކުރާނެ ގޮތް ދަސްކުރުމެވެ. ހުރިހާ ކުދިންވެސް އުޅެނީ ކޯސްތުގައި ކިޔަވާށެވެ. އެގޮތުން ކިޔެވުން ނޯންނަ ދުވަސްތަކަނީ މަހަށް ދާ ދުވަހެވެ.

ހާދަ ހިތްވަރުގަދަ ކެރިގެން މަސައްކަތްކުރާ ކުދިން ތަކެކޭ ދޯ.

އެކުދިން ބޭނުން ވަނީ ހުރިހާ ކުދިން ވެގެން މަސް ވެރިކަމުގެ ވިޔަފާރި ފުޅާކުރުމެވެ. މިހާރުވެސް އެކުދިން ބާނައިގެން ގެންނަ މަސްތަކުގެ އެއްބާ ބޭނުން ކުރަނީ ކޮންކަމެއްކުރަން އެނގޭތަ؟ އެއީ މަސް ވަޅޯކުރުމާ، ހިކިމަހާ ، ލޮނުމަސް އަޅައި އަދިވެސް މިފަދަ އެހެން ބާވަތްތައް ތައްޔާރުކުރުމެވެ. މި ބުރަ މައްސަތުގައި އެކުދިންގެ އާއިލާ މެންބަރުންގެ އެހީ ތެރިކަމާއި އެއްބާރުލުން ލިބެއެވެ.

ކަނޑުމަހުގައި ދިވެހިންގެ ތެރޭގައި ތައްޔާރު ކުރެވޭ އެއްމެ ހާއްސަ ބާވަތަކީ ކޮބައިކަން ބަލާލަމަދޯ. ގަރުދިޔަ، އެކި ބާވަތުގެ މަސް ރިހަ ، މަހުގައި ތަފާތު ހެދިކާ ހެދުން އަދި ވެސް މިނުނޫން ބައިވަރު އެތައް ކަމެކެވެ. މަހުގައި އެތައް ބައިވަރު ވައްތަރުގެ ކާ ތަކެތި ތައްޔާރު ކުރެވޭ އިރުގައި އެންމެ ފާހަގަ ކޮށްލެވޭނީ ރިހާކުރު ކެއްކުމެވެ. އެއީ ވެސް ވަރަށް ވަގުތު ހޭދަކޮށްގެން ބުރަމަސައްކަތުން ކުރެވޭ ހަމަ އެކަނި ދިވެހި ރާއްޖޭގައި ތައްޔާރު ކުރެވޭ "ފިޝްޕޭސްޓެވެ".

ތި ކުދިންނަށް އެނގޭތަ މުޅި ދުނިޔޭގައިވެސް ރިހާކުރަކީ ހަމައެކަނި ދިވެހި ރާއްޖޭގަ އަމިއްލަ އުފެއްދުމެއްކަން؟ ކިހާ ފަޚުރުވެރި ކަމެއްދޯ!

ހުރިހާ ކުދިންނަށް ވެސް ރިހާކުރު މީރުވާނެ ކަން ޔަޤީނެވެ. އެހެންވީމަ ވާހަކަކިޔަން ތިބި ކުދިންގެ ތެރެއިން އެއްވެސް ކުއްޖެއް މަސްވެރިއަކަށް ވާން ބޭނުންތަ؟ މަސްވެރިކަމަކީ ހާއްސަކޮށް ފިރިހެން ކުދިންގެ މަސައްކަތެކެވެ. އެހެންނަމަވެސް މަހަށް ގޮސް މަސްވެރިކަމުގެ ބުރަމަސައްކަތުގެ އަޖުމަ ބަލާލުމަށް ހިތްވަރުގަދަ އަންހެން ކުއްދިންވެސް ތިކުދިންގެ ތެރޭގަ ތިބެދާނެއެވެ. ރާއްޖޭގައިވެސް ބައެއް އަންހެނުން މަހަށް ގޮސް އުޅެއެވެ. އެކަމަކު ކަންނެލި ނޫނީ ކަނޑުމަސްވެރިކަމަށް ނުނިކުމެއެވެ. އެހެންވިޔަސް ފަރުމަސް ބާނާ އަންހެންކުދިން އުޅެއެވެ. ވަރަށް ހިތްވަރުގަދަ ކުއްޖަކަށް ނޫނީ މޮޅު ކެޔޮޅުވެރިކަށް ނުވެވޭނެއެވެ.