އައްޑޫ ސިޓީ ހުޅުމީދޫ ޕޮލިސް ސްޓޭޝަނަށް ހުށަހެޅި ތަހުގީގު ކުރަމުންދާ މަކަރާއި ހީލަތުންފައިސާ ހޯދާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގެ ތަހުގީގަށް މީހަކު ހޯދަން ފުލުހުން ފަށައިފިއެވެ.

ފުލުހުން ހޯދަން ފަށައިފައިވަނީ އައްޑޫ ސިޓީ ހިތަދޫ، އުނިތޮށިގޭ، މުޙައްމަދު ނަޝިދު (53) އެވެ. އޭނާ ހޯދަނީ ފުލުހަށް ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުންނެވެ. އުޅޭތަނެއް ނޭނގޭތީ ތަހުގީގަށް ހާޒިރުވުމަށް ޗިޓް ވެސް ވަނީ ރައްދު ނުކުރެވިފައި ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ. އާއިލާއަށްވެސް އޭނާ އުޅޭ ވަކިތަނެއް އެނގިފައިނުވާ ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.

އެހެންކަމުން ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރުމުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާއަތުގެ ޤަވާއިދުގެ 27 ވަނަ މާއްދާގައި ވާގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި މިހާރު މިވަނީ އިއުލާނު ކޮށްފައެވެ.

އެހެންކަމުން އެޕްރީލް 30 ވަަނަ ދުވަހު ހެނދުނު 10:00 އަށް ހުޅުމީދޫ ޕޮލިސް ސްޓޭޝަނަށް ނުވަތަ އެންމެ ކައިރީގައިވާ ޕޮލިސް ސްޓޭޝަނަކަށް، ހާޒިރު ވުމަށް ފުލުހުން ވަނީ އެދިފައެވެ. އޭނާ ހާޒިރު ކުރަނީ މަކަރާއި ހީލަތުން ފައިސާ ހޯދާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގަށް ސުވާލުކުރުމަށެވެ.