މިއަހަރު ރާއްޖެއިން މީހުން ޙައްޖަށް ގެންދިއުމަށް ތިން ކުންފުންޏަކަށް ކޯޓާ ދޫކޮށްފިއެވެ. އިސްލާމިކް މިނިސްޓްރީން ކޯޓާ ދޫކޮށްފައިވަނީ ކޮންމެ ކުންފުންޏަކަށް 90 ކޯޓާގެ މަގުން ތިން ކުންފުންޏަށް 270 ކޯޓާއެވެ.

ހުއްދަ ދީފައިވާ ގުރުޕުތަކާއި އަގުތައް

  • އަލް ޙަރަމައިން ޙައްޖު އެންޑު ޢުމްރާ ކޮމްޕެނީ މޯލްޑިވްސް ޕްރައިވެޓު ލިމިޓެޑް – 75225 ރުފިޔާ.
  • ސިސިލްފަރު ޙައްޖު އެންޑު ޢުމްރާ ޕްރައިވެޓް ލިމިޓެޑު – 75465 ރުފިޔާ.
  • އަލް މަނާސިކް ޕްރައިވެޓް ލިމިޑެޓްއަލްމަނާސިކް ޕްރައިވެޓް ލިމިޓެޑު - 75000 ރުފިޔާރުފިޔާ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވެފައިވަނީ މި ތިން ކުންފުންޏަށް ވެސް ހުއްދަ ދީފައިވަނީ އެއް އަހަރުގެ މުއްދަތަށް ކަމަސެވެ.

އެ މިނިސްޓްރީން ވިދާޅުވެފައިވަނީ ކުންފުނިތަކަށް ހުއްދަ ދީފައިވާ އަގަށްވުރެ އިތުރަށް ފައިސާ ނެގުމާއި ކުންފުނިތަކަށް ފައިސާ ދެއްކުމާއި، ހުއްދަ ދީފައިވާ އަދަދަށްވުރެ އިތުރަށް މީހުން ޙައްޖަށް ގެންދިއުމަށް އެއްވެސް ފަރާތަކުން ފައިސާ ނެގުމަކީ މަނާކަމެއް ކަމަށެވެ.

މިއަހަރު ރާއްޖެއިން މީހުން ޙައްޖަށް ގެންދިއުމަށް ސަޢުދީން ދީފައިވަނީ އެއްހާސް ކޯޓާއެވެ. ގިނަ ކޯޓާއަށް މީހުން ގެންދަނީ ޙައްޖު ކޯޕަރޭޝަނުންނެވެ. އިތުރަށް ކޯޓާ ލިބޭތޯ މަސައްކަތް ކުރައްވާ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.