ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ، (ސްޓެލްކޯ)އިން، މި އަހަރުގެ ފިތުރު އީދުގެ މުނާސަބާގަައި "ޢީދު މަލާފަތް ޕްރޮމޯޝަން"އެއް ބާއްވަން ހަމަޖައްސައިފިއެވެ.

ސްޓެލްކޯއިން ހުޅުވާލި މި ޕްރޮމޯޝަނުގައި "އީދު ދުވަހުގެ ސުފުރާމަތީ"ގެ ފޮޓޯ ޕޯސްޓްކޮށްގެން ފައިސާގެ އިނާމް ހޯދުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. "އީދު ދުވަހުގެ ސުފުރާމަތި"ގެ ފޮޓޯ ޕޯސްޓް ކުރާނީ ފޭސްބުކްގައެވެ. ފޮޓޯ ޕޯސްޓް ކުރާއިރު #stelcoeidmalaafaiy ހޭޝްޓެގް ބޭނުން ކުރަންވާނެއެވެ.

ފޮޓޯ ޕޯސްޓް ކުރެވޭނީ 1444ހ އަހަރުގެ ފިޠުރު ޢީދު ދުވަހުގެ، 21 އޭޕްރީލް 2023 ވާ ހުކުރު ދުވަހުގެ ރޭގަނޑު 11:59 އާ ހަމައަށެވެ. ޕޯސްޓްކުރާ ފޮޓޯގެ ޕްރައިވެސީ ސެޓިންގ ހުންނަންވާނީ "ޕަބްލިކް" ގައެވެ.

ސްޓެލްކޯގެ މި "އީދު މަަލާފަތް"ޕްރޮމޯޝަނުގައި ހޮވާ ވަނަތަކަކީ 1 ވަނަ، 2 ވަނަ އަދި 3 ވަނަ ހޮވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

  • 1 ވަނައަށް 5000 ރުފިޔާ
  • 2 ވަނައަށް 3000 ރުފިޔާ
  • 3 ވަނައަށް 2000 ރުފިޔާ

މި ޕްރޮމޯޝަނުގެ ވަނަތައް ދޭއިރު ބަލާނީ އެންމެ ގިނަ ލައިކް އަދި ޝެއަރއަށެވެ.