އައްޑޫ ސިޓީގައި އަނެއްކާވެސް އަލިފާނުގެ ހާދިސާތައް އިތުރުވާން ފަށައިިފި ކަަމަށް އައްޑޫ މަރަދޫ ދާއިރާގެ ރައްޔިތުންގެ މަޖިލިސްގެ މެމްބަރު އިބްރާހީމް ޝަރީފް ވިދާޅުވެއްޖެއެވެ.

އޭނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ސިޔާސީ ހަލަބޮލި ކަމެއްގެ ތެރޭގައި މީގެ ކުރިން ވެސް ބަޔަކު ވަނީ އައްޑޫގެ އިމާރާތްތަކެއްގައި ހުޅުޖަހައި އަންދާލާފައި ކަމަށެވެ. އެފަހަރުވެސް ހުރިހާ ގެއްުލުމެއް ލިބުނީ ރައްޔިތުންނަށް ކަމަށް އޭނާ ވިދާޅުވެފައިވެއެވެ. "އަނެއްކާވެސް އައްޑޫގައި އަލިފާނުގެ ހާދިސާތައް ގިނަވާން ފަށައިފި. މިކަން ނުކުރުމަށް އެކަންކުރާ ފަރާތްތަކަށް އިލްތިމާސް ކުރަން،" ޝަރީފް ވިދާޅުވެފައިވެއެވެ.

އޭނާ ވިދާޅުވެފައިވަނީ ހުޅުދޫގައި މަގުހަދަން ގެންގޮސްފައިހުރި ތާރަ ފީފާތަކެއްގައި ވެސް ބަޔަކު ރޯކުރި ކަމަށެވެ. އެކަމުގެ ވެސް ހުރިހާ ގެއްލުމެއްވީ ރައްޔިތުންނަށް ކަަމަށް ވިދާޅުވެފައިވެއެވެ. "އިތުރު ޚަރަދު ހިންގަނީ ދައުލަތުގެ ބަޖެޓުން. މިކަމާމެދު ހުރިހާ ރައްޔިތުން ސަމާލުވާން އެބަޖެހޭ،" ޝަރީފް ވިދާޅުވެފައިވެއެވެ.