މަހަށް ނުކުމެ އުޅުނު ދޯންޏަކުން ކަނޑަށް ވެއްޓުނު މަސްވެރިޔަކަށް މިޔަރެއް ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.

އެމްއެންޑީއެފުން ބުނީ މި ހާދިސާގެ ރިޕޯޓު ލިބިފައި ވަނީ މިއަދު 9:36 ހާއިރު ކަމަށާއި ހަމަލާދީފައި ވަނީ ޅ. ފާދޫ ބޮއި ކައިރީ މަސްވެރިކަން ކުރަން އުޅުނު ޒިކުރާ ނަމަކަށް ކިޔާ ދޯނީގައި މަސައްކަތްކުރާ 40 އަހަރު ދިވެހި މަސްވެރިއަކަށްކަމަށެވެ.

ޒަހަމްވި މަސްވެރިޔާ ސިއްހީ އަވަސް ފަރުވާ އަށް ޅ. ނައިފަރަށް ގެންދިއުމަށް ކޯސްޓްގާޑުން މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފުން އިތުރަށް ބުނީ މި ހާދިސާގައި ޒަހަމްވި މީހާގެ ފައިގެ މައި ނާރަށް ގެއްލުން ވެފައިވާ ކަމަށް މައުލޫމާތު ލިބޭ ކަމަށެވެ.