ރާއްޖޭގައި މިދުވަސްވަރު ޑެންގީއާއި ކޮވިޑާއި އަރިދަފުސް ރޯގާ ފެތުރެމުންދާ ކަމަށް އެޗުޕީއޭއީން ވަނީ ބުނެފައެވެ.

އެ ބަލިތަކުން ރައްކާތެރިވުމަށް އަޅަން ޖެހޭ ފިޔަވަޅުތައް ވެސް އެޗުޕީއޭއިން ދަނީ ކިޔައިދެމުންނެވެ. އެގޮތުން ޑެންގީން ސަލާމަތްވުމަށްޓަކައި ރައްކާތެރި ފިޔަވަޅެއްގެ ގޮތުގައި މަދިރި ހެފުމުން ސަލާމަތްވުމަށް ސަމާލުކަން ދިނުމަށް އެޗުޕީއޭއިން ވަނީ ގޮވާލައިފައެވެ.

އެތަނުން ބުނެފައިވަނީ ޑެންގީހުން ޖެހެނީ ވައިރަސްހުރި އީޑީސް މަދިރި ހެފުމުން ކަމަށެވެ. އެހެންކަމުން އެ މަދީރިން ރައްކާތެރިވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅު އެޅުމަށްވަނީ އިލްތިމާސް ކޮށްފައެވެ.

އެގޮތުން ބޭރުގައި އުޅޭއިރު ހަށިގަނޑު ނިވާވާނޭ ފަދަ ގޮތަކަށް ހެދުން އެޅުމާއި މަދިރި ލޯޝަން ބޭނުން ކުރުމަށް ވަނީ އިލްތިމާސް ކޮށްފައެވެ. ޑެންގީއާއި ކޮވިޑަކީ ނުރައްކާތެރި ބަލިތަކެކެވެ.