ހަރުދަނާ މުޖުތަމަޢެއް ބިނާކުރުމަށްޓަކައި ފޮތްކިޔުމުގެ އާދަ އަށަގެންނެވުމަކީ ވަރަށް މުހިންމުކަމެއް ކަމަށް މިނިސްޓަރ އޮފް ސްޓޭޓް ފޮރ އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް މުޙައްމަދު ޠާރީޤު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ފޮތުގެ ދުވަހާއި ކޮޕީރައިޓް ދުވަހުގެ ތަހުނިޔާ ދެންނެވުމުގެ ގޮތުން އޭނާ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ލިޔެވޭ ފޮތްތަކަށާއި އަމިއްލަ އުފެއްދުންތަކަށް ރައްކާތެރިކަން ކަށަވަރު ކޮށްދީ މިކަންކަން ލިބިގަންނަންޖެހޭ ކަމަށެވެ.

"ހަރުދަނާ މުޖުތަމަޢެއް ބިނާކުރުމަށްޓަކައި ފޮތްކިޔުމުގެ އާދަ އަށަގެންނެވުމަކީ ވަރަށް މުހިންމުކަމެއް. އަދި ލިޔެވޭ ފޮތްތަކަށާއި އަމިއްލަ އުފެއްދުންތަކަށް ރައްކާތެރިކަން ކަށަވަރު ކޮށްދީ މިކަންކަން ލިބިގަންނަންޖެހޭ. ދުނިޔޭގެ ފޮތުގެ ދުވަހާއި ކޮޕީރައިޓް ދުވަހުގެ ތަހުނިޔާ އަރިސްކުރަން،" ޠާރީޤު ވިދާޅުވެފައިވެއެވެ.